އެމްއާރުއެމް

އެމްއާރްއެމްގެ އާދޭސް: ޕާޓީން ވަކިނުވޭ

Sep 17, 2022
4

ސަރުކާރު ހިންގާ ކޯލިޝަންގައި އޮތް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ މެމްބަރުން އެ ޕާޓީން ވަކިނުވުމަށް އެދިއްޖެ އެވެ.

އެމްއާރްއެމް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިތުރު މެމްބަރުން އެ ޕާޓީއާ ގުޅުމަކީ އަބަދުވެސް މަރުހަބާ ކިޔާ ކަމެއް ކަމަށެވެ. އެކަމަކު އެހެން ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކުގައި ބައިވެރިވުމަށް އެމްއާރްއެމްގެ ބައެއް މެމްބަރުން ޕާޓީން ވަކިވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

އެމްއާރްއެމް އިން އިތުރަށް ބުނީ އެހެން ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބުގައި ބައިވެރިވުމަށް އެ ޕާޓީގެ މެންބަރުން ވަގުތީ ގޮތުން އެޕާޓީން ވަކިވުމަކީ ގަބޫލުކުރާ އުސޫލެއް ނޫން ކަމަށެވެ. އެހެންވެ އެމްއާރްއެމްގެ މެންބަރުން އެ ޕާޓީން ވަކިވުނުމަށްވެސް އެދިފައިވެ އެވެ.

"ހަމައެހެންމެ އަޅުގަނޑުމެންނާ އެކު ސާބިތުކަމާ އެކު ޕާޓީގައި ތިއްބެވި އެންމެހާ މެންބަރުންނަށް މިފުރުސަތުގައި ޝުކުރު ދަންނަވަމެވެ." އެމްއާރްއެމްގެ ބަޔާނުގައިވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަހަރުގެ ޖުލައި 31 ވަނަ ދުވަހު ޕާޓީތަކުގެ ދަފްތަރުގެ މައުލޫމާތު ހާމަކުރިއިރު އެމްއާރްއެމްގައި ތިބީ 3،155 މެމްބަރުންނެވެ.