ހަބަރު

ޕީޖީ އޮފީހުގެ ގޮއްޕެއް އިތުރު ދެ އަތޮޅެއްގައި ގާއިމް ކުރަން ނިންމައިފި

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ގޮއްޕެއް ނ. މަނަދޫ އާއި ލ. އަތޮޅުގައި ގާއިމް ކުރަން ނިންމައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ލ. އަތޮޅާއި ނ. މަނަދޫގައި އެ އޮފީހުގެ ގޮއްޕެއް ގާއިމް ކުރަން ނިންމައި، އެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި އެ ދެ ގޮފި ވެސް ހުޅުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ދެ ގޮފީގެ މަސައްކަތްތައް ވެސް މިހާރު އެބަ ކުރިއަށް ދޭ، މިއަހަރުގެ ތެރޭގައި ހުޅުވޭނެ އެ ދެ ގޮފި ވެސް." އޮފިޝަލް ވިދާޅުވި އެވެ.

އަތޮޅު ތެރޭގައި މިހާރު ހުންނަނީ ޕީޖީ އޮފީހުގެ ހަ ގޮއްޕެކެވެ. އަދި ހދ. އަތޮޅާއި ބ. އަތޮޅުގެ އިތުރުން ށ. އަތޮޅާއި ގދ. އަތޮޅުގެ އިތުރުން ގއ. އަތޮޅު އަދި އައްޑޫގަ އެވެ. މީގެ ކުރިން ޏ. ފުވައްމުލަކުގައި ވެސް ވަކި ގޮއްޕެއް ހުރި ނަމަވެސް އައްޑޫ ގޮއްޕާއި ފުވައްމުލަކުގައި ހުންނަ ގޮފި މިހާރު ވަނީ އެއްކޮށްލައިފަ އެވެ.

އަތޮޅު ތެރޭގައި ހުންނަ ގޮފިތަކުގައި ދާއިމީކޮށް ވަކީލުން ތިބޭނެ އެވެ. ނަމަވެސް ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރުމަށާއި މައްސަލަތައް ނިންމުމަށް ދޭތެރެ ދޭތެރެއިން މާލެއިން އެ ގޮފިތަކަށް ވަކީލުންގެ ޓީމުތައް ދެ އެވެ.