ގދ. ވާދޫގައި ނަރުދަމާ ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
މިމަސައްކަތް ފައްޓަވައިދެއްވީ ވާދޫއަށް ނިސްބަތްވާ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު އާއި އެމްޑަބްލިއުއެސްސީގެ ޗެއާމަން އަހްމަދު މައުސޫމް އާއި، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް އާއި ވާދޫ ކައުންސިލްގެ ނައިބްރައީސް ހާޝިރު މުހައްމަދުގެ އިތުރުން ވާދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލް މުހައްމަދު އިބްރާހީމް ދީދީ އެވެ.
ވާދޫ ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތަކީ ސަރުކާރުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ.
އެމްޑަބްލިއުއެސްސީއާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހޮޅިވަޅުލުމުގެ މަސައްކަތްތައް ކުރަނީ ފެނަކަ ކޯޕަރޭޝަނުންނެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ ފަސް އަހަރު ނިމޭއިރު ފެނާއި ނަރުދަމާ ހުރިހާ ރަށެއްގައި ގާއިމުކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ.