އައްޑޫ ސިޓީ

އައްޑޫ އިން ފެން ކެނޑޭ މައްސަލަ ހައްލުކޮށްފި

އައްޑޫއަށް ދިމާވި ފެނުގެ މައްސަލަ ހައްލުކުރުމަށް ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން މަސައްކަތް ކުރަނީ -- ފޮޓޯ: ފެނަކަ
0%
0%
0%

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ދޭތެރެދޭތެރެއިން ފެން ކެނޑޭ މައްސަލަ ހައްލުކުރެވިއްޖެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެެވެ.

އައްޑޫއަށް ފެނުގެ ހިދުމަތް ދޭ ކުންފުނިން -- ފެނަކަ އިން މިހެން ބުނެފައި މިވަނީ ނިމުނު ހަފްތާގައިވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ހިދުމަތް މެދުކެނޑިފައިވާތީ އެ މައްސަލަ ހައްލުކުރުމަށް އެ ކުންފުނިން ކުރި މަސައްކަތްތަކަށް ފަހު އެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ އައްޑޫ ސިޓީއަށް ދިމާވި ފެނުގެ މައްސަލަ ހައްލުކުރުމަށް ގެންދިޔަ ޕަމްޕް މިހާރު އިންސްޓޯލް ކޮށްފައިވާ ކަމަށެވެ.

"މި ޕަމްޕް ހަރުކުރުމުގެ ސަބަބުން ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ އަދި ފޭދޫއަށް މެދުނުކެނޑި ފެން ފޯރުކޮށްދެވޭނެ،" ފެނަކަ އިން ބުނެފައިވެ އެވެ.

އައްޑޫއަށް ދިމާވި ފެނުގެ މައްސަލަ ހައްލުކުރުމަށް ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން މަސައްކަތް ކުރަނީ -- ފޮޓޯ: ފެނަކަ

އައްޑޫ ސިޓީ އިން ފެނުގެ ހިދުމަތް ދޭތެރެދޭތެރެއިން މެދުކެނޑެން ފެށީ މިދިޔަ ރޯދަ މަހުން ފެށިގެންނެވެ. މިމައްސަލައިގައި އައްޑޫ ސިޓީ ކައުންސިލުން ވެސް މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އައްޑޫ މޭޔަރު އަލީ ނިޒާރު ވަނީ އައްޑޫގެ ފެނުގެ މައްސަލަ ސަމާސާ އަކަށް ނުހެންދެވުމަށްވެސް ސަރުކާރަށް ގޮވާލައްވާފަ އެވެ.

މާލެއަށްފަހު ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ އައްޑޫގެ ފެނުގެ މައްސަލައިގައި މިދިޔަ ހަފްތާ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ކުއްލި މައްސަލައެއްވެސް ހުށަހަޅާފައިވެ އެވެ.

އައްޑޫއަށް ދިމާވެފައިވާ ފެނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މިދިޔަ އޭޕްރީލް 13 ވަނަ ދުވަހު ވަނީ އެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފަ އެވެ. މަޝްރޫއުގެ އަގަކީ 282.6 މިލިއަން ރުފިޔާ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345