އައްޑޫ ސިޓީ

އައްޑޫއަށް 1.8 މެގަވޮޓްގެ ޖަނަރޭޓަރެއް ފޮނުވަނީ

އައްޑޫގެ ރަށެއް
0%
0%
0%

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން 1،8 މެގަވޮޓްގެ ޖަނަރޭޓަރެއް ފޮނުވުމުގެ މަސައްކަތް ފަށައިފި އެވެ.

ފެނަކައިން ނެރުނު ބަޔާނެއްގައި ބުނީ އައްޑޫގެ ކަރަންޓުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން ސްޓެލްކޯއާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން 1.8 މެގަވޮޓްގެ އާ ޖަނަރޭޓަރު ސެތެއް ހޯދައި އައްޑޫއަށް ފޮނުވުމަށް މިހާރު ލޭންޑިންގް ކްރާފްޓަށް ލޯޑްކޮށްފައިވާ ކަމަށެވެ.

އައްޑޫ ސިޓީގެ ހިތަދޫ އާއި ގުޅިފައިވާ ރަށްރަށުން ކަރަންޓު ކެނޑެނީ ސެންޓްރަލް ޕަވާ ސްޓޭޝަންގައި ބޭނުންކުރާ ޖަނަރޭޓަރު ސެޓްތަކުގެ ތެރެއިން ތިން ޖަނަރޭޓަރު ސެޓަށް މައްސަލަ ދިމާވެ އިތުރު އެއް ޖަނަރޭޓަރު ސެޓް މަރާމާތު ނުކުރެވޭ ވަރަށް ހަލާކުވެގެން ކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ.

އެހެންވެ ބޭނުންވާ ވަރަށް ކަރަންޓު އުފެއްދުމުގައި ދަތިތަކެއް ދިމާވެ، އެކި ވަގުތުތަކުގައި އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަން ވަނީ ޖެހިފަ އެވެ.

ފެނަކައިން ބުނީ ހަލާޚުވި ޖަނަރޭޓަރުތަކުގެ ތެރެއިން އެއް ޖަނަރޭޓަރު މަރާމާތުކޮށް މިހާރު ހިންގާފައިވާ ކަމަށާއި ދެ ވަނަ ޖަނަރޭޓަރު މަރާމާތުކޮށް މި ހަފުތާގެ ނިޔަލަށް ހިންގޭނެ ކަމަށެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުން ސްޕެއާ ގެނެސް، ތިންވަނަ ޖަނަރޭޓަރު ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސް ތެރޭގައި ހިންގަން ފެށޭނެ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910