މުހައްމަދު އަޒުހާން

ހުޅުމާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ

Sep 20, 2022

ހުޅުމާލެއިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ގެއްލިގެން ހޯދަމުންދަނީ މުހައްމަދު އަޒުހާން (27 އ) އެވެ.

ފުލުހުން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އަޒުހާން ގެއްލިގެން ރިޕޯޓްކޮށްފައިވަނީ ރޭ 7:00 ހާއިރު ކަމަށެވެ.

އޭނާ އެންމެ ފަހުން ލައިގެން ހުރީ މާޖެހި ޕީޗް ކުލައިގެ އަތްކުރު ގަމީހެކެވެ.

ފުލުހުން ވަނީ އަޒުހާނާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ.