މުހައްމަދު އަޒުހާން

ގެއްލިގެން ހޯދާ ޒުވާނާ ކާރަކަށް އަރަނިކޮށް ފެނުން: ޕޮލިސް

Sep 25, 2022
1

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގެއްލުނު ޒުވާނާ ކާރަކަށް އަރަނިކޮށް ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ގެއްލިގެން ހޯދަމުން ދަނީ ކ. މާލެ، ހ. ބޮނޑިކަނދޮޅުގެ، މުހައްމަދު އަޒުހާން (27އ) އެވެ.

ފުލުހުން ބުނީ މިހާތަނަށް ކުރެވުނު މަސައްކަތުން މުހައްމަދު އަޒްހާން އެންމެ ފަހުން ފެނިފައިވަނީ މިމަހުގެ 18 ވަނަ ދުވަހު ފަތިހު ހިޔާ ފްލެޓް 13 ވަނަ ޓަވަރު ކައިރިން ކަމަށެވެ. އެގޮތުން ފުލުހުން އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބެލިބެލުމުން އެދުވަހުގެ ފަތިހު 04:53 ހާއިރު، އަޒުހާން ހުދުކުލައިގެ ކާރަކަށް އަރާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެ އެެވެ.

ފުޓޭޖްތައް ބަލައި، ކާރު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

އެ ޓެކްސީ ފެނިފައިވާ ފަރާތެއް ވާނަމަ ނުވަތަ އެ ދުވަހުގެ ފަތިހު ހިޔާ ފްލެޓް 13 ވަނަ ޓަވަރު ކައިރިން ދަތުރެއް ނަގާފައިވާ ކަމަށް ބެލެވޭނަމަ ޑްރައިވަރު އެކަން ލަސްނުކޮށް ފުލުހުންނަށް ހިއްސާކުރުމަށް ވެސް ފުލުހުން މިއަދު އެދިފައިވެ އެވެ.

އަޒުހާން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ރޭ 7:00 ހާއިރުއެވެ.