އީޕީއޭ

ހުޅުލެ ފަރަށް އެރި އުޅަނދުގެ ޖޫރިމަނާ ދައްކައިފި

Sep 23, 2022

ހުޅުލެ ފަރަށް އެރި އެމްވީ ޗެން ނަމަކަށް ކިޔާ އުޅަނދު 365،000 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

މި އުޅަނދު ހުޅުލޭގެ ފަރަށް އެރީ މިމަހުގެ ދެވަނަ ދުވަހު އެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ އުޅަނދު ފަރަށް އެރުމާ ގުޅިގެން އުޅަނދުގެ ވެރިފަރާތުން ކަނޑައެޅި ސާވޭ ކުރާ ފަރާތަކާ އެކު އީޕީއޭގެ ޓީމަކުން ފަރަށް ލިބުނު ގެއްލުންތައް މިމަހުގެ 10 ވަނަ ދުވަހު ބަލާފައިވާ ކަމަށެވެ.

ސާވޭ އިން އެނގުނު ގޮތުގައި އުޅަނދު ފަރަށް އަރައި ގެއްލުންތަކެއް ލިބިފައިވެ އެވެ.

އުޅަނދުގެ ވެރިފަރާތް ޖޫރިމަނާ ކުރީ ތިމާވެއްޓަށް ލިބޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ކަމަށް އީޕީއޭ އިން ބުނެ އެވެ.

އީޕީއޭ އިން އިތުރަށް ބުނީ އުޅަނދުގެ ރާއްޖޭގެ އެޖެންޓް -- ގްރޭސް އެޓޯލް ޕްރައިވެޓް ލިމިޓެޑް ކުންފުނިން މިމަހުގެ 13 ވަނަ ދުވަހު ޖޫރިމަނާ ފައިސާ ދައްކާފައިވާ ކަމަށެވެ.