ދިރާގު

ދިރާގުން އިތުރު ޑޭޓާ ލިބޭ އާ އޮފާއެއް

Sep 26, 2022

ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑެއިލީ ޑޭޓާ ލިބޭ އާ އޮފާއެއް ނެރެފި އެވެ.

"ސަޅި 2 ވީކްސް"ގެ ޕްލޭންގެ ދަށުން ކަސްޓަމަރުންނަށް ދުވާލަކު ފަސްޖީބީގެ ޑޭޓާ 265 ރުފިޔާއަށް ލިބޭނެ އެވެ.

ޖުމްލަ 70ޖީބީ ލިބޭ މި 'ސަޅި 2 ވީކްސް' އެޑް-އޮން ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ނުވަތަ "S1GB14" ޖަހާފައި 343 އަށް އެސްއެމްއެސްއެއް ކުރުމުންވެސް ޖީބީ ލިބޭނެ އެވެ.

ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިހްތިޔާރު ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ.

މި ޕްލޭން ނަގައިގެން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވެ އެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށް ކަމަށެވެ.