ޑރ. މުފްތީ މެންކް

މުފްތީ މެންކް ރާއްޖެ ވަޑައިގަންނަވަނީ

Sep 26, 2022
2

ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ -- މުފްތީ މެންކް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނޭ މުފްތީ މެންކް ރާއްޖެ ވަޑައިގަންނަވާނީ އަންނަ މަހުގެ 28 އިން 31 އަށެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު މިކަން ޔަގީންކޮށްދެއްވި ނަމަވެސް މެންކުގެ ދަތުރުފުޅާ ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ހިއްސާކުރައްވާފައެއް ނުވެ އެވެ.

މުފްތީ މެންކް ވަނީ 2015 އާއި 2016 އަދި 20202 ވަނަ އަހަރުވެސް ރާއްޖެ ވަޑައިގެން ދީނީ ދަރުސް ދެއްވާފަ އެވެ.

އެފްރިކާގެ ގައުމެއް ކަމަށްވާ ޒިމްބާބްވޭއަށް ނިސްބަތްވާ މުފްތީ މެންކް އަކީ ދިވެހިންގެ މެދުގައި ވެސް އަދި ދުނިޔޭގެ މުސްލިމުންގެ މެދުގައި ވސް ވަރަށް ބޮޑު އިހްތިރާމަކާއި ލޯތްބެއް އޮތް ބޭފުޅެކެވެ.