ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ އިހު އޮތް "ޖަޒީރާ ރާއްޖެ" އެ ގޮތުގައި ދިވެހި ގައުމިއްޔަތު ބިނާކުރެއްވުމުގެ ތަސައްވުރަކާ އެކު އެވެ. އެމަގަށް ގައުމު ތަރައްގީކުރުމުގެ ވިސްނުންފުޅަކާ އެކު އެވެ. ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރައްވަނީ އެ މަގަށް ގައުމު ބަދަލުކޮށްލުމަށެވެ. ބައެއް މަސައްކަތްތައް ގެންދަވަނީ ތަންފީޒުވެސް ކުރައްވަމުންނެވެ.
ހއ. އުތީމުގައި މިއަދު ފާހަގަކުރާ މިއަހަރުގެ ގައުމީ ދުވަހުގެ ޖަލްސާގައި ރައީސް ސޯލިހް ވަނީ ގައުމިއްޔަތު ބިނާކުރެއްވުމަށް އެމަނިކުފާނު ބޭނުންފުޅުވާ ގޮތުގެ ތަސައްވުރެއް ހިއްސާކުރައްވާފަ އެވެ. އެ މިސާލު ނެންގެވީ ހދ. އަތޮޅުގައި އެކަހެރިކޮށް އޮންނަ ފިނޭ އިންނެވެ. އެމަނިކުފާނު އިއްޔެ ވަނީ ފިނޭ އަށް ވަޑައިގެން އެރަށުގެ ފެނާއި ނަރުދަމާ އިފްތިތާހުކޮށްދެއްވާ އެރަށުގެ އާ އިންޖީނުގެ ހުޅުއްވައިދެއްވާފަ އެވެ.
ގައުމީ ދުވަހުގެ ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ގައުމިއްޔަތަކީ ތަފާތެއް ނެތި، އަމާޒެއް އޮވެ، ޖަޒީރާ ކުދި ރަށްތަކާ އެކު ދިރިއުޅެވޭނެ ގޮތެއް ރައްޔިތުންނަށް ހޯދައިދިނުން ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި އެގޮތަށް ތަރައްގީވެ ފައްކާވަމުންދާ އެއް ރަށަކީ ފިނޭ އެވެ.
އަޅުގަނޑުމެން އަލުން އަނބުރާ އިއާދަކުރަން މަސައްކަތް މިކުރާ ދިވެހި ގައުމިއްޔަތުގެ ހަމަތައްގަނޑަށް ފިނޭ އެ އަންނަނީ ފެތެމުންއިބްރާހީމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ
ރައީސް ސޯލިހް ބިނާކުރައްވަން ބޭނުންފުޅުވާ ގައުމިއްޔަތުގެ މިސާލު ދެއްކެވި ފިނޭ އެމަނިކުފާނު ސިފަ ކުރެއްވީ ބިންގަނޑު ރަނގަޅު، ފެހިކަން ގަދަ "ކުނބުރެއް"ގެ ގޮތުގަ އެވެ.
ހދ. އަތޮޅުގައި މާކަނޑުގެ މެދުން ހިކިފައި އޮތް ފިނޭ ރައީސް ސޯލިހް އަގުކުރެއްވީ "މުތެއް'ގެ ގޮތުގަ އެވެ. އޭގެފަހުގައި ވިދާޅުވެ ދެއްވީ މެދުމިނުގެ އާބާދީއެއް އޮތް ފިނޭގައި ގާއިމުކޮށްދެއްވި ވަސީލަތްތަކެވެ. ރަށެއް އެކަހެރިކޮށް އޮތަސް، އަދި އެ ރަށަކަށް ނިސްބަތްވާ މާބޮޑު ފަޅެއް ނެތަސް ވަސީލަތްތައް ގާއިމުކޮށްދިނުމުގެ މުހިއްމު ކަމެވެ. ވަސީލަތްތަކާ އެކު ކުޑަ ރަށެއްވެސް ކުރިއަރައިގެންދާނެ ކަމުގެ ޔަގީންކަން ދެއްވެވީވެސް ފިނޭ އިންނެވެ.
"އެރަށުގެ ފެނާއި ނަރުދަމާ ފުރިހަމަވެއްޖެ. ބަރާބަރަށް ހިދުމަތް ދެވޭނެ އިތުބާރު ހަކަތައިގެ ޔަގީންކަން ފިނޭއަށް ލިއްބައިދެވިއްޖެ." ގައުމިއްޔަތެއް ބިނާކުރުމަށް އާބާދީ ތަފާތު ނުކޮށް ކުރައްވާ މަސައްކަތް ފިނޭ އިން ދައްކުވައިދެއްވަމުން ވިދާޅުވި އެވެ.
ރައީސް ސޯލިހްގެ ޖަޒީރާ ރާއްޖޭގެ ސިޔާސަތުގެ ތެރެއިން ގައުމިއްޔަތެއް ބިނާކުރުމަށް އެމަނިކުފާނަށް އެންމެ މުހިއްމީ އެއް ރަށް އަނެއް ރަށާ ގުޅާލުމެވެ. އެކަހެރިކޮށް އޮތް ފިނޭ އެހެން ރަށްތަކާ ގުޅާލީ މުޅި ރާއްޖެ ގުޅާލުމަށް މިސަރުކާރުން ކުރިއަށް ގެންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ފެރީގެ ހިދުމަތުގެ ތެރެއިންނެވެ. ރަށު ބަންދުގައި ތިބި ފިނޭގެ ރައްޔިތުންނަށް އާރްޓީއެލްގެ ފެރީތަކުން ހޯދައިދިން މިނިވަންކަން ރައީސް ސޯލިހް ވަނީ ފާހަގަވެސް ކޮށްދެއްވާފަ އެވެ.
"އެރަށު [ފިނޭ]ގެ ފެރީ ހަޓް މެދުވެރިކޮށް ފަސޭހަކަމާ އެކު ތުރާކުނުން [ރާއްޖޭގެ އެންމެ އުތުރުކޮޅުން] ފެށިގެން [ށ. އަތޮޅުގެ ހުޅަނގު ދެކުނު ބިތުގައި އޮތް] މާއުނގޫދޫއާ ހަމައަށް އުދަނގުލެއް ނެތި ފިނޭ ފެތުރި ފުޅާވާނެ."
ފިނޭ ގޮތަށް ރާއްޖޭގެ އެހެން ރަށްތައް ވެސް އެއް ރަށާއި އަނެއް ރަށް ގުޅާލައި، އެއް ރަށާއި އަނެއް ރަށުގެ ގައުމިއްޔަތުގެ އަސާސްތަކާއި، ބަހާތަކާއި، އާދަކާދަތައް ހިއްސާކުރަން ފުރުސަތު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވެވި އެވެ.
"ކުޑައެއް ބޮޑެއް ނެތި ރާއްޖޭގެ ހުރިހާ ރަށަކަށް ޖަޒީރާ ފަސޭހަ މިދިރިއުޅުން ފަސޭހަ ކޮށްދިނުމަކީ އިހު އޮތް ދިވެހި ގައުމިއްޔަތު އަލުން އަނބުރާ ދިރުވުން،" ރައީސް ވިދާޅުވި އެވެ.