ދުނިޔެ

ޔުކްރޭނަށް ފޮނުވާނެ ހަތިޔާރެއް ނެތް: ނިއުޒިލޭންޑް

އެމެރިކާގައި އުފައްދާ ހައިމާސް ޑިފެންސް ސިސްޓަމް ޔުކްރޭނަށް ފޮނުވާފައި
0%
0%
0%

ޔުކްރޭން އެދޭ ވަރަށް ހަތިޔާރު ދޭން ހަދައިގެން ގައުމު ދިފާއުކުރާ ވަރު ވެސް ނުހުންނާނެ ކަމަށް ނިއުޒިލޭންޑްގެ ޑިފެންސް މިނިސްޓަރު ޕީނީ ހިނާރޭ ވިދާޅުވެއްޖެ އެވެ.

ޕީނީ ހިނާރޭ ވިދާޅުވި ގޮތުގައި ނިއުޒިލޭންޑްގެ ގުދަންތަކުގައި ޔުކްރޭނަށް ދޭނެ ހަތިޔާރެއް ނެތެވެ.

ޔުކްރޭނުން ބުނަނީ އެންމެ ޒަމާނީ ހަތިޔާރު ފޯރުކޮށްދޭން ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ. އެމެރިކާގައި އުފައްދާ "ހައިމާސް" މިސައިލް ޑިފެންސް ސިސްޓަމްތައް ފަދަ، ނިއުޒިލޭންޑްގައި ވެސް އެކަށީގެންވާ ވަރަށް ނެތް ހަތިޔާރު ފޯރުކޮށްދޭން އެދޭ ކަމަށްވެސް ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު ވިދާޅުވި ގޮތުގައި ޔުކްރޭނުން ފޯރުކޮށްދޭން އެދޭ ހަތިޔާރަށް ބަލާއިރު، ދޭނެ އެކައްޗެއް ވެސް ނިއުޒިލޭންޑްގައި ނެތް ކަމަށެވެ.

ނިއުޒިލޭންޑުން މިހާތަނަށް ޔުކްރޭނަށް ފޯރުކޮށްދިން ތަކެއްޗަށް ބަލާއިރު ހިމެނެނީ 1،066 "ބޮޑީ އާމާ ޕްލޭޓްސް"، 473 އަސްކަރީ ހެލްމެޓް އަދި 571 "ކެމަފްލާޖް ވެސްޓް" އެވެ.

މީގެއިތުރުން 12 މިލިއަން ޑޮލަރުގެ އަސްކަރީ ފަންޑިން ދޭގޮތަށް ވެސް ވެލިންޓަން -- ނިއުޒިލޭންޑްގެ ވެރިރަށް -- އިން އޮތީ ނިންމާފަ އެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމައިގައި ޔުކްރޭނަށް އަސްކަރީ ގޮތުން އެހީތެރި ނުވުމަށް ގައުމުތަކަށް ރަޝިއާ އޮތީ އަންގާފަ އެވެ. ޔުކްރޭނަށް އެހީގެ ގޮތުގައި ފޮނުވާ ހަތިޔާރު ޝިޕްމަންޓެއް ޔުކްރޭންގެ ބިމަށް ފޯރައިފިނަމަ، ރަޝިއާ ބުނާ ގޮތުން އެ އެއްޗެއް ވާނީ ހަނގުރާމައިގެ މައިދާނަށް ފޮނުވި އެއްޗަކަށެވެ. އެހެންކަމުން، އެ ޝިޕްމަންޓަކަށް ހަމަލާދީ ނައްތާލުމުގެ އިހްތިޔާރު ރަޝިއާ އަށް އޮންނާނެ ކަމަށްވެސް އެ ގައުމުން އޮތީ ކުރިއާލައި އަންގާފަ އެވެ.

ނިއުޒިލޭންޑް ޔުކްރޭނަށް ފޮނުވާ ހަތިޔާރު ނުވަތަ އަސްކަރީ އެހީގެ ގޮތުގައި ފޮނުވާ އެހެނިހެން ތަކެއްޗާ މެދުވެސް މި އުސޫލު ހިންގާނެ ކަމަށް ރަޝިއާ ބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910