ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން ކުޑަހުވަދޫއަށް ވަޑައިގެންފި

Sep 29, 2022

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދ. ކުޑަހުވަދޫއަށް ވަޑައިގެންފި އެވެ.

ރައީސް ޔާމީން މިއަދު ހަވީރު ކުޑަހުވަދޫއަށް ވަޑައިގަތުމުން އެރަށު ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

ރައީސް ޔާމީންގެ އަރިހުގައި އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަންގެ އިސް ބޭފުޅުންވެސް ކުޑަހުވަދޫ އަށް ވަޑައިގެންނެވި އެވެ.

ރައީސް ޔާމީން ކުޑަހުވަދޫއަށް ކުރައްވާ މި ދަތުރުފުޅުގައި މިރޭ އެރަށުގައި ޖަލްސާއެއް ބޭއްވުމަށްވެސް ހަމަޖެހިފައިވެ އެވެ.

ކުޑަހުވަދޫގެ ރައްޔިތުންނާ ރައީސް ޔާމީން ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޕީޕީއެމުން ބުނެ އެވެ.

މީގެއިތުރުން ޕީޕީއެމްގެ ހަރަކާތްތައް ކުޑަހުވަދޫގައި އިތުރުކުރުމާއި ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްވެސް ނިންމާފައިވެ އެވެ.