ދިރާގުގެ 34 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ތަފާތު ހާއްސަ އޮފާތަކެއް ނެރެފި އެވެ.
ދިރާގުން ބުނީ އަހަރީ ދުވަސް ފާހަގަކުރުމުގެ އިތުރުން ކަސްޓަމަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ހުޅުވާލާފައިވާ މި ދެ އޮފާ ވެސް އޮކްޓޫބަރު މަސް ނިމުމާ ހަމައަށް ކުރިއަށްދާނެ ކަމަށެވެ.
ދިރާގުގެ ފުރަތަމަ އޮފާ އަކީ 125ޖީބީ އެންމެ 125 ރުފިޔާއަށް ލިބޭ އޮފާ އެކެވެ. ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ނެގޭ މި އެޑް-އޮން އެކްޓިވޭޓް ކުރުމުން 5 ދުވަހުގެ މުއްދަތަށް ބޭނުންކުރެވެ އެވެ.
ދެވަނަ އޮފާ އަކީ ކޮންމެ ދުވަހަކުވެސް އިތުރު ޑޭޓާ ލިބޭ އޮފަ އެކެވެ. މި އޮފާގެ ދަށުން އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ސަޅި ޑެއިލީ ޕްލޭންސްގެ ދަށުން ދެގުނަ ޑެއިލީ ޑޭޓާ ލިބެ އެވެ.
ކުރިއެކޭ އެއްއަގެއްގައި ކަސްޓަމަރުންނަށް މިހާރު ސަޅި 90 ޕްލޭންއިން ދުވާލަކު 2ޖީބީ ޑެއިލީ ޑޭޓާ، ސަޅި 150 ޕްލޭން އިން ދުވާލަކު 4ޖީބީ ޑެއިލީ ޑޭޓާ އަދި ސަޅި 210 ޕްލޭން އިން ދުވާލަކު 6ޖީބީ ޑެއިލީ ޑޭޓާ ލިބެ އެވެ.
މިހާރު މި ދެ އެޑް-އޮންވެސް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ދިރާގު އެޕް މެދުވެރިކޮށް ނެގޭނެ އެވެ.
މީގެ އިތުރުން ދިރާގުން ވަނީ އެ ކުންފުނީގެ ސޯޝަލް މީޑިއާގައި ހާއްސަ ގުރުއަތެއްވެސް ފަށާފަ އެވެ. މި ގުރުއަތުގައި ހަތް ނަސީބުވެރިއަކަށް "އައުކޭ ޓްރޫ ވަޔާލެސް އެއާބަޑް" ހޯދުމުގެ ފުރުސަތު ލިބެ އެވެ. މިގޮތުން ދިރާގުން އެ މީހެއްގެ ދިރިއުޅުމަށް ގެނައި ފާގަތިކަމަކީ ކޮބައިކަން އެކުންފުނީގެ ފޭސްބުކް، ޓްވިޓާ ނުވަތަ އިންސްޓަގްރާމް ޕޭޖުގައި ކޮމެންޓް ކޮށްލައިގެން މި ގުރުއަތުގައި ބައިވެރިވެވޭނެ އެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، ގިނަ އަގުހުރި އޮފާތަކަކާ އެކު ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.