މޯލްޑިވްސް ކަސްޓަމްސް ސާވިސް

ހާހަކަށްވުރެ ގިނަ ބަނގުރާ ފުޅި ނައްތާލައިފި

Oct 2, 2022

ކަަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ ބާވަތްތަކެއްގެ ތަކެތި ނައްތާލައިފި އެވެ.

ނައްތާލި ތަކެތީގެ ތެރޭގައި ބަނގުރަލާއި، އޫރު މަސް އަދި ބަނގުރާ، ބިޔަރު އިޝްތިހާރުކުރުމަށް ބޭނުންކުރާ ތަކެތި ހިމެނެ އެވެ.

މި ތަކެތި ނައްތާލާފައިވަނީ އިއްޔެ ތިލަފުށީ ކުނި ނައްތާލާ ސަރަހައްދުގަ އެވެ.

މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ ދަށުން ބޮންޑެޑް ވެއާހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މިނޫންވެސް ސަބަބަކާ ހުރެ ނައްތާލުމުގައި ކަސްޓަމްސްއިން އަމަލުކުރާ އުސޫލުގެ ދަށުން ނައްތާލި ތަކެތި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

އެކިއެކި ސަބަބުތަކާ ހުރެ ކަސްޓަމްސްގައި ހިފަހައްޓާފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ނައްތާލެވިދާނެ ކަމަށް ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބުނެފައިވެ އެވެ.