ކަޒަކިސްތާން

ވައިގެ ދަތުރުފަތުރާ ގުޅޭ އެއްބަސްވުމެއްގައި ކަޒަކިސްތާނާ އެކު ސޮއިކޮށްފި

Oct 4, 2022

ރާއްޖެއާއި ކަޒަކިސްތާނާ ދެމެދު ވައިގެ ދަތުރުފަތުރާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ދެ ގައުމުގެ ދެމެދުގައި މިފަދަ އެއްބަސްވުމެއްގައި ސޮއިކުރީ ކެނެޑާގެ މޮންޓްރިއަލްގައި ކުރިއަށްދާ އިކާއޯގެ 41 ވަނަ ޖެނެރަލް އެސެމްބްލީގެ ހަވާސާގަ އެވެ.

ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ. ކަޒަކިސްތާންގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިފަދަ އެއްބަސްވުމެއްގައި ސޮއިކުރީ ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުތައް ފެށުމަށާއި ވައިގެ ދަތުރުފުގެ ދާއިރާއިން ގުޅުން ބަދަހިކޮށް އެއްބާރުލުން ހޯދުމަށް ކަމަށެވެ.

ކަޒަކިސްތާނަށް ދަތުރުކުރަން ބޭނުންވާ ދިވެހިންނަށް މިދިޔަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން އެ ގައުމުން ގެންދަނީ 30 ދުވަހުގެ އޮންއެރައިވަލް ވިސާ ވެސް ދޫކުރަމުންނެވެ. ނަމަވެސް އެއަށް ވުރެ ދިގު މުއްދަތަކަށް ދަތުރުކުރާނަމަ ފުރުމުގެ ކުރިން ދުރާލާ ވިސާ ހޯދަންޖެހެ އެވެ.