ނާސާގެ ކުރީގެ ކެޕްޓަން އެސްޓްރޮނޯޓް ހެއިޑީމެރީ ސްޓެޕަނީޝަން ޕައިޕާގެ ތަޖުރިބާތައް ރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓްގެ ބޭފުޅުންނާ ހިއްސާކުރައްވައިފި އެވެ.
ހެއިޑީމެރީ ވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ހެއިޑީ މެެރީ ޒިޔާރަތްކުރެއްވީ ރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓްގެ ދައުވަތަކަށެވެ.
ނާސާގައި 1996 ވަނަ އަހަރު މަސައްކަތް ފެށި ހެއިޑީމެރީ ވަނީ ދެ ސްޕޭސް މިޝަނެއްގައި ބައިވެރިވެފަ އެވެ. އެއީ 2006 ވަނަ އަހަރުގެ އެސްޓީއެސް-115 އެޓްލާޓިސް އާއި 2008 ވަނަ އަހަރުގެ މިޝަން އެވެ.
ހެއިޑީމެރީ ވަނީ އެސްޓްރޮނޯޓެއްގެ ގޮތުން ކުރެވިފައިވާ ތަޖުރިބާތައް ހިއްސާކޮށް ރާއްޖެ އާއި އެމެރިކާގެ ގުޅުމާ ގުޅޭ ގޮތުން ވާހަކަދައްކަވާފަ އެވެ.
އެސްޓްރޮނޯޓެއްގެ ގޮތުގައި ހެއިޑީމެރީ ވަނީ ޖައްވުގައި 27 ދުވަސް ހޭދަކުރައްވާފަ އެވެ.
އެސްޓްރޮނޯޓެއްގެ އިތުރުން ހެއިޑީމެރީ އަކީ ތަޖުރިބާކާރު ސަލްވޭޖް އޮފިސަރެކެވެ. އޭނާވަނީ ޕެނަމާ ސިޓީގައި ހުންނަ ނޭވަލް ޑައިވިން އެންޑް ސަލްވޭޖް ޓްރެއިނިން ސެންޓަރުން ނޭވީ ބޭސިކް ޑައިވިން އޮފިސާ އަދި ސަލްވޭޖް އޮފިސާ ތަމްރީނު ހާސިލްކުރައްވާފަ އެވެ.
ހެއިޑީމެރީ ވަނީ ސައިންސް ދާއިރާއިން ބެޗްލާސް އާއި މާސްޓާސް ހާސިލްކުރައްވާފަ އެވެ. ނާސާއިން އޭނާ ރިޓަޔާކުރީ 2009 ވަނަ އަހަރު އެވެ. މިހާރު އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ ޖައްވީ ދިރާސާތަކުގައި ދަރިވަރުންނަށް ހިތްވަރުދިނުމަށާއި އެއްބާރުލުން ދިނުމުގަ އެވެ.
ހެއިޑީމެރީއާ ބައްދަލުކޮށްލުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލާފަ އެވެ. ހެއިޑީމެރީއާ ބައްދަލުކުރުން އޮންނާނީ މިމަހުގެ އަށްވަނަ ދުވަހުގެ ހެނދުނު 10:40 އިން މެންދުރު 12:00 އަށް މާލޭގައި ހުންނަ ގައުމީ ދާރުލްއާސާރުގަ އެވެ.
ރާއްޖެއަށް އެސްޓްރޮނޯޓެއް ޒިޔާރަތްކޮށްފައި މިވަނީ ރާއްޖެއިން ސްޕޭސް މިޝަންއެއް ހިންގުމަށް ނިންމާ މިޝަންގެ ނަމަކީ "އަޒުމް" ކަމަށް ކަނޑައަޅާފަ އެވެ.
ރާއްޖޭގެ ސްޕޭސް މިޝަން ހިންގާ އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން މިހާރު ވަނީ ސްޕޭސް މިޝަންގެ ޓީމު އެކުލަވާލާފަ އެވެ. 30 އަހަރުން ދަށުގެ ހަތް ޒުވާނުން މި ޓީމްގައި ހިމެނެ އެވެ.
މި ސްޕޭސް މިޝަންގައި "ޕްރޮޓައިޕް ސެޓެލައިޓް" އެއް ހަދައި ޓެސްޓްކުރާއިރު މި ސެޓެލައިޓަކީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރަން އަޖުމަ ބެލުމުގެ ގޮތުން ހަދާ ސެޓެލައިޓެއް ކަމަށް އައިޖީއެސް އިން މީގެ ކުރިން ބުނެފައިވެ އެވެ.