ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޓީޗަރުން ދައްކާ ނަމޫނާ ދާއިމަށް ހުންނާނެ: ރައީސް

Oct 5, 2022
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިއްޒުއްދީން ސްކޫލުގެ ދަރިވަރުންތަކަކާ އެކު -- ފޮޓޯ: އަވަސް
0%
0%
0%

ޓީޗަރުން ދައްކާ ނަމޫނާ އަކީ ދަރިވަރުންގެ ދިރިއުޅުމުގައި ދާއިމަށް ހުންނާނެ ކަންތައްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ޓީޗަރުންގެ ދުވަހާ ގުޅިގެން ޓީޗަރުންގެ ހިދުމަތަށް ޝުކުރު އަދާކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ.

ރައީސް ސޯލިހް ވިދާޅުވީ އުނގަންނައިދިނުމުގައި ޓީޗަރުން ކުރާ ބުރަ މަސައްކަތަކީ އެކަމުގެ އަގު ވަޒަން ނުކުރެވޭނެ މަސައްކަތެއް ކަމަށެވެ.


ޓީޗަރުންގެ ދުވަހާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް މިއަދު ވިދާޅުވީ ގައުމު ގެންދާން ބޭނުންވާ މިސްރާބު އަމާޒުކުރާ ފަރާތަކީ މުދައްރިސުން ކަމަށްވާތީ މުދައްރިސުން ނަމޫނާ ދައްކަން ވާނެ ކަމަށެވެ.

ޓީޗަރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު ފަސްވަނަ ދުވަހެވެ. މިއަހަރުގެ ޝިއާރަކީ "ދަ ޓްރާންސްފޮމޭޝަން އޮފް އެޑިޔުކޭޝަން ބިގިންސް ވިތް ޓީޗަރ" އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910