ޓީޗަރުންގެ ދުވަސް

ޓީޗަރުންގެ ދުވަސް - މެޑިފްލެކްސްގެ ހަދިޔާ

Oct 5, 2022

މިއަދު ފާހަގަކުރަމުން އަންނަ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން, މަތީ ފަންތީގެ ސިއްހީ ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ މެޑިފްލެކްސް އިން ޓީޗަރުންނަށް ހާއްސަ ސްކީމެއް ތައާރަފް ކޮށްފި އެވެ.

މެޑިފްލެކްސް އިން ބުނާ ގޮތުގައި ކޮންމެ ޓީޗަރަކަށް ވެސް މެޑިފްލެކްސް ސިލްވާ ޕްރިވިލެޖް ސްކީމްގައި މިހާރު ބައިވެރި ވެވޭނެ އެވެ. އަދި ކިޔަވައިދިނުމުގައި 25 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކޮށްދެއްވާފައިވާ ޓީޗަރުންނަށް މެޑިފްލެކްސް ގޯލްޑް ޕްރިވިލެޖް ސްކީމްގައި ބައިވެރި ވެވޭނެ އެވެ.

މި ސްކީމްތަކުގައި ބައިވެރިވާ ޓީޗަރުންނަށް މެޑިފްލެކްސް ލެބާއި ޑެންޓަލް ކްލިނިކުން ޑިސްކައުންޓުގެ އިތުރުން ވެސް ހާއްސަ އޮފާތައް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ގިނަ އަދަދެއްގެ ސްކޫލުތަކުގެ އެއްބާރުލުން މި ކަމަށް ލިބި ގިނަ ސްކޫލުތަކަކުން މި ސްކީމުގައި ޓީޗަރުން ބައިވެރި ކުރަމުން އެބަ ދެއެވެ. އެގޮތުން މިހާތަނަށް މި ސްކީމުގައި ސީއެޗްއެސްސީ އާއި ދަރުމަވަންތަ ސްކޫލުގެ އިތުރުން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި މާލެ އާއި އަތޮޅު ތެރޭގެ ގިނަ ސްކޫލުތަކެއްގެ ޓީޗަރުން މެޑިފްލެކްސް އިން ޓީޗަރުންނަށް ޙާއްސަކޮށް ކުރިއަށް ގެންދާ ސްކީމުގައި ބައިވެރި ވެފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މެޑިފްލެކްސް އަށް އަހަރެއް ވެފައިވާއިރު, އެ ކުންފުނިން އެންމެ ފުރަތަމަ ފެށީ ކޮވިޑް-19 ޕީސީއާރު ޓެސްޓް ހެދުމެވެ. އެކަމަކު މިހާރު އެ ލެބުން ލޭގެ ޓެސްޓް ތަކާއި ކްލިނިކަލް ގިނަ ޓެސްޓްތައް ހެދެ އެވެ. އަދި މެޑިފްލެކްސް ޑެންޓަލް އިން ދަތުގެ ގިނަ ފަރުވާތަކެއް ލިބޭނެ އެވެ.

މެޑިފްލެކްސް އަކީ އެންމެ ފަހުގެ އިކުއިޕްމަންޓާއި, ޓެކްނޮލޮޖީ އާއި އެކު ހިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ. އެގޮތުން މެޑިފްލެކްސް ޑެންޓަލް އިން ވަނީ ދަތުގެ ފަރުވާ ރާއްޖޭގައި މުޅިން އާ ހަރުފަތަކަށް ގެންގޮސް, މީގެ ކުރިން ރާއްޖޭން ނުލިބޭ ހިދުމަތްތައް ތައާރަފްކޮށް ޕޭޝެންޓުންނަށް އަވަސް ހައްލު ތަކެއް ހޯދައި ދީފަ އެވެ.

ޓީޗަރުންނަށް ހާއްސަ ސްކީމްގައި ބައިވެރި ކުރުމަށް ހުރިހާ ސްކޫލަކަށް މެޑިފްލެކްސް އިން ދައުވަތު ދެ އެވެ. އެގޮތުން [email protected] އަށް އީމެއިލް ކޮށްގެން ސްކޫލް ތަކަށް, ޓީޗަރުން މެޑިފްލެކްސް ސްކީމްގައި ބައިވެރި ކުރެވޭނެ އެވެ.