ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ދަތުރުފުޅުގައި ހަތަރު އެއްބަސްވުމުގައި ސޮއިކުރާނެ

Oct 6, 2022
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިއްޔެ ބަހްރައިނަށް ވަޑައިގަތުމާ ގުޅިގެން އެ ގައުމުގެ ސަރުކާރުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބަހްރައިނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ހަތަރު އެއްބަސްވުމެއްގައި ސޮއިކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިއަދު ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ސޮއި ކުރާ އެއްބަސްވުންތަކުގެ ތެރެއިން ތިން އެއްބަސްވުމެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރައްވާނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކަމަށެވެ. ހަތަރުވަނަ އެއްބަސްވުމުގައި ސޮއިކުރައްވާނީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އެވެ.

ސޮއިކުރާ އެއްބަސްވުންތައް

  • ޕޮލިޓިކަލް ކޮންސަލްޓޭޝަން ކުރިއަށް ގެންދިއުމާ ގުޅޭ އެމްއޯޔޫ
  • ފޮރިން ސާވިސް އިންސްޓިޓިއުޓް މޯލްޑިވްސް އާއި ބަހްރައިންގެ މުހައްމަދު ބިން މުބާރަކް އަލް ޚަލީފާ އެކަޑަމީ ފޯ ޑިޕްލޮމެޓިކް ސްޓަޑީޒްއާ ދެމެދު ސޮއިކުރާ އެމްއޯޔޫ
  • މޫސުމީ ބަދަލުތަކާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ގާއިމުކުރެވޭ އެމްއޯޔޫ
  • ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ އިން ދެ ގައުމުގެ ދެމެދުގައި ގާއިމުކުރާ އެމްއޯޔޫ

ރައީސް ސޯލިހް މިއަދު ބަހްރައިންގެ ރަސްގެފާން ހަމަދު ބިން އިސާ އަލް ޚަލީފާއާއި ވަލީ އަހްދު އަމީރު ސަލްމާން ބިން ހަމަދު އަލް ހަލީފާގެ އިތުރުން ބަހްރައިންގެ އިކޮނޮމިކް ޑިވެލޮޕްމަންޓް ބޯޑުގެ މެންބަރުންނާ ވެސް ބައްދަލުކުރައްވާނެ އެވެ.

މީގެއިތުރުން ބަހްރައިންގެ ފޮރިން މިނިސްޓަރު މާދަމާގެ ވަގުތެއްގައި ރައީސް ސޯލިހްއާ ބައްދަލުކުރައްވާ ގޮތަށްވެސް ހަމަޖެހިފައިވެ އެވެ.

ސަރުކާރުގެ މަތީފަންތީގެ ވަފުދަކާ އެކު ރައީސް ސޯލިހް ރައީސް ސޯލިހްގެ ދެކަނބަލުން ބަހުރައިނަށް ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ ރަސްގެފާން ހަމަދު ބިން އިސާ އަލް ޚަލީފާގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ރައީސް ސޯލިހް އިއްޔެ ބަހްރައިނަށް ފެއްޓެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ތެލުގެ މުއްސަނދިކަން ލިބިފައިވާ ބަހްރައިން އަކީ ރާއްޖޭގެ ތަރައްގީގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ އަދި ރާއްޖެއާ ވަރަށް ގާތްގުޅުންތަކެއް އަބަދުވެސް ބާއްވާ ގައުމެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910