ފޮރިން މިނިސްޓްރީ

ހަންގޭރީއާއެކު ތިން އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖޭ އާއި ހަންގޭރީއާއެކު ވަނީ ތިން އެއްބަސްވުމެއްގައި ސޮއިކޮށްފަ--ފޮޓޯ: ފޮރިން މިނިސްޓްރީ
0%
0%
0%

ރާއްޖެއިން ހަންގޭރީއާއެކު ތިން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް މިއަދު ރާއްޖެ ވަޑައިގެންނެވި ހަންގޭރީގެ ފޮރިން އެފެއާޒް އެންޑް ޓްރޭޑް މިނިސްޓަރު ޕީޓާ ސިޔާޓޯގެ ދަތުރުފުޅުގެ ތެރެއިން ނެވެ.

އިގްތިސާދީ ދާއިރާ އާޢި ކުޅިވަރުގެ ދާއިރާގެ އިތުރުން މަތީ ތައުލީމުގެ ދާއިރާއިން ދެ ގައުމުން ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ.

އިގްތިސާދީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. އެ އެއްބަސްވުމުގެ ދަށުން އިމާރާތްކުރުމުގެ ދާއިރާ އާޢި ހޮސްޕިޓަލިޓީ އަދި ޓޫރިޒަމް ދާއިރާއިން ދެގައުމުގެ ގުޅުން ބަދަހިކުރުމަށް ވަނީ އެއްބަސްވެފަ އެވެ.

ކުޅިވަރުގެ ދާއިރާގެ އެއްބަސްވުމުގައި ރާޢްޖޭގެ ފަރާތުން ސޮއިކުރެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އެވެ. އެ އެއްބަސްވުމުގައި ކުޅިވަރުގެ ދާއިރާއިން މީހުން ތަމްރީން ކުރުމުގެ ފުރުސަތު ހިންގުމަށް ވަނީ އެއްބަސްވެފަ އެވެ.

މަތީ ތައުލީމުގެ ދާއިރާގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން އެވެ. މަތީ ތައުލީމުގެ ފުރުސަތު ފަހިކުރުމަށް ހަންގޭރީއާއެކު 2021 ވަނަ އަހަރުވި އެއްބަސްވުން 2024 ވަނަ އަހަރާ ހަމައަށް ދެމެހެއްޓުމަށް ވަނީ އެއްބަސްވެފަ އެވެ. އެގޮތުން މިދިޔަ އަހަރު ފޯރުކޮށްދިން 15 ސްކޮލަޝީޕްގެ ފުރުސަތު 2024 ވަނަ އަހަރާ ހަމައަށް އަހަރަކު 25 ސްކޮލަޝިޕަށް އިތުރުކުރުމަށް ވަނީ އެއްބަސްވެފަ އެވެ.

މި އެއްބަސްވުންތަކުގައި ހަންގޭރީގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ފޮރިން އެފެއާޒް އެންޑް ޓްރޭޑް މިނިސްޓަރު ޕީޓާ އެވެ.

ހަންގޭރީގެ ފޮރިން މިނިސްޓަރު ރާޢްޖެއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910