އަބްދުﷲ ޝާހިދު

ޝާހިދު ހަންގޭރީއަށް ވަޑައިގެންފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ހަންގޭރީއަށް ވަޑައިގެންފި އެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވި ގޮތުގައި ރާއްޖެ އާއި ހަންގޭރީއާ ދެމެދު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރުމަށް މި ދަތުރުފުޅުގައި މަޝްވަރާ ކުރައްވާނެ އެވެ.

މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމަށްވެސް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

މިނިސްޓަރު ޝާހިދު ހަންގޭރީއަށް ވަޑައިގެންނެވީ ސާބިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެވެ. ސާބިއާއަށް މިނިސްޓަރު ޝާހިދު ދަތުރުފުޅު ފެއްޓެވިއިރު ހަންގޭރީއަށް ވަޑައިގަންނަވާކަން މީގެ ކުރިން މީޑިއާއަށް ހާމަކޮށްފައިނުވެ އެވެ.

މިނިސްޓަރު ޝާހިދު އަރިހުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފު އަލީ ޒާހިރު ހަންގޭރީއަށް ވަޑައިގެންނެވި އެވެ.