ހަންގޭރީ

ހަންގޭރީގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަންނަވަނީ

ހަންގޭރީގެ ފޮރިން އަދި ޓްރޭޑް މިނިސްޓްރު ޕީޓާ ޒިޔާޓޯ މާދަމާ ރާއްޖެއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވި ގޮތުގައި ޕީޓާ ރާއްޖެއަށް ވަޑައިގަންނަވަނީ ރަސްމީ ދަތުރުފުޅެއްގަ އެވެ.

ޝާހިދު ވިދާޅުވީ ހަންގޭރީގެ ފޮރިން އަދި ޓްރޭޑް މިނިސްޓަރަށް މަރުހަބާ ދެންނެވުމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި މި ދަތުރުފުޅަކީ ދެ ގައުމުގެ އެކުވެރިކަމާއި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ދަތުރުފުޅަކަށް ވެގެންދާނެ ކަމަށެވެ.

ރާއްޖެއާއި ހަންގޭރީގެ ގުޅުން ބަދަހިކުރުމާ ޔޫރަޕުން ރާއްޖެއަށް ލިބޭ އެކި ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ހަންގޭރީގެ ކޮންސިއުލޭޓް އޮފީހެއް މިދިޔަ އަހަރު ވަނީ ރާއްޖޭގައި ހުޅުވާފަ އެވެ.