ފައިސަލް ނަސީމް

ހަފްތާ ބަންދުގައި ނައިބް ރައީސް ރ. އަތޮޅަށް

2018 ވަނަ އަހަރު ރައީސުލްޖުމްހުރިއްޔާގެ ނައިބު ފައިސަލް ނަސީމް ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ހދ ކުޅުދުއްދުއްޓަށް ވަޑައިގަތުން -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ކުރިއަށް އޮތް ހަފްތާ ބަނދުގައި ނައިބް ރައީސް ފައިސަލް ނަސީމް ރަސްމީ ދަތުރުފުޅެއްގައި ރ އަތޮޅަށް ވަޑައިގަންނަވާނެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ނައިބް ރައީސް ފައިސަލް ނަސީމް ރ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ވަޑައިގަންނަވާނީ އިނގުރައިދޫ، ވަންދޫ، އިންނަމާދޫ، މާކުރަތު، ދުވާފަރު އަދި އުނގޫފާރަށް ކަމަށެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި އެ ރަށްތަކުގެ ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނާ އަދި ސަރުކާރުގެ އެހެން އިދާރާތަކުގެ ވެރިންނާ ވެސް ބައްދަލުކުރައްވާނެ ކަމުގައި މިއުވާން ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާ ގުޅިގެން ދުވާފަރުގައި ބާއްވާ ރ. އަތޮޅު ޓޫރިޒަމް އެކްސްޕޯގެ އެވޯޑް ދިނުމުގެ ހަފްލާ ޝަރަފްވެރި ކޮށްދެއްވާނީވެސް ނައިބް ރައީސް ކަމުގައި މިއުވާން ވިދާޅުވި އެވެ.

ނައިބް ރައީސްގެ ރަސްމީ މި ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގަންނަވާ ރަށްތަކުގެ ސިއްހީ މަރުކަޒު ތަކަށާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ވެސް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވެ އެވެ.

"މިއީ އެރަށްތަކުގެ ސިއްހީ މަރުކަޒުތަކަށް ދިމާވެފައިވާ ކަންކަމާއި އެ ތަންތަނުގެ ހާލަތު ބައްލަވާލެއްވުމަށް ކުރައްވާ ޒިޔާރަތެއް،" މިއުވާން ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345