ގަސްދުގައި ޓެކްސް ދެއްކުމުން އެއްކިބާވި މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިި އެވެ.
މި ދައުވާ އުފުލާފައި ވަނީ ތޯހާ ރަފީއު ކިޔާ މީހަކު ދައުލަތަށް ޓެކްސް ނުދެއްކުމަށް ގަސްތުގައި ލިޔުންތަކަށް އޮޅުވާލި ކަމަށް ބުނެ އެވެ. އޭނާގެ މައްޗަށް މި ދައުވާ ކޮށްފައި ވަނީ ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ 2.8 މިލިއަން ރުފިޔާ ދައުލަތަށް ނުދެއްކުމަށް ޓަކައި ލިޔެކިޔުންތަކަށް އޮޅުވާލާފައިވާ ކަމަށް ބުނެ އެވެ.
ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނު ބުނާ ގޮތުން، ޓެކްސް ބަޔާނެއްގައި ދޮގު މައުލޫމާތެއް ނުވަތަ ހިމަނަންޖެހޭ މައުލޫމާތެއް ނުހިމެނުމަކީ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ނިޔަތުގައި ކުރި ކަމެއް ކަމަށް ބެލެވޭނެ ކަމަށާއި އެފަދަ މީހެއްގެ އަދަބަކީ ތިން މަހާއި އެއްއަހަރާ ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދު ކުރުން ކަމަށެވެ.