މޯލްޑިވްސް ޕޮލިސް ސާވިސް

ހުޅުމާލެއިން ބިދޭސީއަކު ގެއްލިގެން ހޯދަނީ

Oct 10, 2022

ހުޅުމާލެއިން ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ގެއްލިގެން ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އެމްޑީ އޮމަރް މިއަރ (27އ) އެވެ.

ފުލުހުން ބުނީ އެމްޑީ އޮމަރް މިއަ ވީނުވީއެއް ނޭނގި ގެއްލިގެން އޭނާ މަސައްކަތް ކުރަމުންދިޔަ ކުންފުނިން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ މިމަހުގެ އަށްވަނަ ދުވަހު ކަމަށެވެ.

އެމްޑީ އޮމަރް ހޯދުމަށް މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ވަނީ މި މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށްވެސް އެދިފަ އެވެ.