އެމްއެންޑީއެފް

ރާޅާއަޅަން އުޅުނު ފަތުރުވެރިޔަކު ގެއްލިގެން ހޯދަނީ

މ. މުލި ރާޅުގަނޑު ސަރަހައްދުގައި ރާޅާ އަޅަން ގޮސް އުޅުނު ފަތުރުވެރިޔަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ މުލީގެ ރާޅުގަނޑު ސަރަހައްދުގައި ރާޅާއަޅަން ގޮސް އުޅުނު ހަތް ފަތުރުވެރިންގެ ތެރެއިން އެކަކު ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ މިއަދު މެންދުރު 12:47 ހާއިރު ކަމަށެވެ.

މައުލޫމާތު ލިބުމާއެކު ކޯސްޓުގާޑުގެ ސިފައިން އެސަރަހައްދަށް ގޮސް ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ބުންޏެވެ.

ގެއްލިގެން ހޯދަނީ ކޮން ގައުމެއްގެ ފަތުރުވެރިޔެއް ކަމެއް އަދި އެނގިފައެއް ނުވެ އެވެ.

އެމްއެންޑީއެފް އިން ބުނީ ގެއްލިގެން ހޯދާ ފަތުރުވެރިޔާ އެންމެ ފަހުން ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓެއް ކަމަށް އެނގިފައިވާ ކަމަށެވެ.