ހަބަރު

ދާވަންޏެއް އެޅި މީހަކު ޒަހަމް ވެއްޖެ

މީހެއްގެ އަތުގައި ދާވަންޏެއް އެޅި ޒަހަމް ވެގެން ފަރުވާ ދޭން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ފުވައްމުލަކުން ފުރައިގެން މާލެ ދަތުރު ކުރަމުން ދިޔަ ބޯޓެއްގައު ހުރި މީހެއްގެ އަތުގައި ދާވަންޏެއް އެޅި ޒަހަމްވެ ލޭ މަނާ ނުވެގެން އުޅެނިކޮށް އެމްއެންޑީއެފުން އެހީތެރިވެ ދީފައިވާ ކަމަށެވެ.

އެ މީހާ އަށް ފަރުވާ ދެނީ މ. މުއްޔަށް ގެންގޮސްގެނެވެ. އެމީހާގެ އަތުގައި ދާވަނި އެޅުނީ މާލެ އައި ދަތުރުމަތީ ކޮޅުފުށީ ބޭރުގައި ވަދު އަޅަން އުޅުމުގެ ތެރޭގަ އެވެ.