ކަނޑުމަތީގެ ހާދިސާ

މީހުނާއެކު ޑިންގީއެއް ގެއްލިގެން ހޯދަނީ

ރޭ ފަތިހު ފުވައްމުލަކުން މަހަށް ނުކުތް ޑިންގީއެއް ގެއްލިގެން ހޯދަން ފަށައިފި އެވެ. ސިފައިން ބުނަނީ އެ ޑިންގީގައި ތިބީ ކިތައް މީހުންކަން އަދި ސާފު ނުވާ ކަމަށެވެ.

މީހުން ތިބި އަދަދު ނޭނގުނު ނަމަވެސް ޑިންގީ މަހަށް ފުރާފައި ވަނީ ރޭ ފަތިހު 4:30 ހާއިރު ކަމަށް ބުނެދޭން ސިފައިންނަށް އެނގުނެވެ.

އެ ޑީންގީގެ ހަބަރެއް ނުވެގެން ފުލުހަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 10:40 ހާއިރު އެވެ. އެއީ އެއިން މަހަށް ދިޔަ މީހެއްގެ އާއިލާއިން މީހަކު ރިޕޯޓް ކުރުމުންނެވެ.

މީހުނާއެކު ގެއްލުނު ޑީންގީއަކީ ހުދު ކުލައިގެ ދަވާދު ލާފައިވާ 22 ފޫޓުގެ ޑީންގީއެކެވެ. ޑީންގީ ހޯދަން ކޯސްޓްގާޑާއި ސިފައިންގެ ހެލިކޮޕްޓަރު މިހާރު ވަނީ އޮޕަރޭޝަނެއް ފަށާފަ އެެވެ.