މީހުން ގެއްލުން

ގެއްލުނު ފަތުރުވެރިޔާގެ މަރުވެފައި އޮއްވައި ފެނިއްޖެ

ޑައިވިނަށް ގޮސް އުޅެނިކޮށް އިއްޔެ މެންދުރު ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑު ހޯދައިފި އެވެ.

އިއްޔެ ގެއްލުނީ އދ. މަންދޫ ކައިރި ފަރަކަށް ޑައިވުކުރަންދިޔަ "ގޮމަ" ނަމަކަށް ކިޔާ ދޯނިން ޑައިވިނަށް ފޭބި 69 އަހަރުގެ އިނގިރޭސިވިލާތުގެ ފަތުރުވެރި އެކެވެ.

އެމްއެންޑީއެފްއިން ބުނީ ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑު މިއަދު މެންދުރު 15:10 ގައި ކަނޑުގެ 15 މީޓަރު އަޑިން އެމްއެންޑީއެފް ކޯސްޓްގާޑްގެ ޑައިވަރުން ހޯދުމަށްފަހު ނަގާފައިވާ ކަމަށެވެ.

ގެއްލުނު ފަތުރުވެރިޔާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑް އުޅަނދު ޝަހީދު އަލީއާއި އެމްއެންޑީއެފް ކޯސްޓްގާޑް ފާސްޓް އިންޓަސެޕްޓާ ކްރާފްޓް "ވެލާނާ" ޑައިވަރުންނާއެކު ދިޔައީ ހަރަކާތްތެރި ވަމުން ނެވެ.

ޑައިވަނަށް ގޮސް އުޅެނިކޮށް މީގެ ކުރިން ވެސް ފަތުރުވެރިން ގެއްލި މަރުވުމުގެ ހާދިސާތައް ދިމާވެފައި ވެ އެވެ.