މަސްވެރިން

މީހެއްގެ ލޮލުގައި ބުޅި އެޅި ޒަހަމްވެއްޖެ

މީހެއްގެ ލޮލުގައި ބުޅިއެއް އެޅި ވަރަށް ބޮޑަށް ޒަހަމް ވެއްޖެ އެވެ.

ސިފައިންގެއިން ބުނީ ޅ. އަތޮޅުގެ މަސްކަނދުފަތި ކައިރިން މަސްވެރިކަމުގައި އުޅުނު ދޯންޏެއްގެ ފަޅުވެއްރިއެއްގެ ލޮލުގައި ބުޅިއެއް އެޅި ޒަހަމްވެފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 7:30 ހާއިރު އެވެ.

އުމުރުން 35 އަހަރުގެ އެ މީހާ މިހާރު އެއަތޮޅު ނައިފަރަށް ގެންދިއުމުގެ މަސައްކަތް ކުރާ ކަމަށެވެ. ފަހަކަށް އައިސް މިފަދަ ހާދިސާތައް ހިނގާ މިންވަރު ގިނަވެފައިވާތީ މަސްވެރި ކަމަށް ނިުކުމެ އުޅޭއިރު ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް ސިފައިންގެ އިން ވަނީ އެދިފަ އެވެ.