ކަނޑުމަތީގެ ހާދިސާ

މަސް ދޯންޏެއް ބިންދައިގެން ހިނގައްޖެ، މީހަކަށް ގެއްލުމެއް ނުވޭ

Jul 3, 2021
2
ބިންދައިގެން ދިޔަ ދޯނީގެ އެއްބުރި: މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވޭ -- ފޮޓޯ: މަސްވެރިން
25%
25%
50%

މަހަށް ދާން އެންދަމަން މަސް ދޯންޏެއް ފަޅެއްގައި އަޅައިގެން ތިއްބާ ދޯނި މެދުން ބިންދައިގެން ހިނގައްޖެ އެވެ. ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

މިއަދު ހެނދުނު ބިންދައިގެން ގޮސްފައި ވަނީ އައްޑު އަތޮޅު ހިތަދޫ މީހަކު ދުއްވާ "މޯހިރު" ދޯންޏެވެ. މި ހާދިސާ ހިނގިއިރު ދޯނިގައި 25 ފަޅުވެރިން ތިއްބެވެ.

މޯހިރު ދޯނި ބިންދައިގެން ދިޔައިރު ދޯނީގައި އެން ދަމާފައި ވެސް ހުއްޓެވެ. ބިންދައިގެން ދިއުމާއެކު ދޯނީގެ ދެ ބުރި ވަކިވެފައި ވެއެވެ. ނަމަވެސް ބިންދައިގެން ދިޔަ ބައިތައް އަޑިއަށް ގޮސްފައެއް ނުވެ އެވެ.

ކަނޑުމަތީގެ ނުރައްކާތެރި މި ހާދިސާ ހިނގުމާއެކު ސިފައިން ދަނީ އެ ދޯންޏަށް އެހީތެރިކަން ފޯރު ކޮށްދެމުންނެވެ.

ބިންދައިގެން ދިޔަ ދޯނީގެ ކައިރީގައި މަސްވެރިން ހަރަކާތްތެރިވަނީ -- ފޮޓޯ: މަސްވެރިން

ދޯނި ބިންދައިގެން ދިއުމަކީ ރާއްޖޭގައި ފަހަށް އައިސް ހިންގަމުންދާ ހާދިސާ އެކެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ވެސް 13 މީހުނާއެކު ބަހަށް ނުކުމެ އުޅުނު ދޯންޏެއް ބިންދައިގެން ދިޔަ އެވެ. އަދި 2018 ވަނަ އަހަރު ވެސް މިފަދަ ހާދިސާއެއް ހިންގާފައިވެ އެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިފަދަ ހާދިސާތައް ހިނގަނީ އޮޑިފަހަރު ބަނުމުގައި މައްސަލަތަކެއް ހުންނާތީ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޒުވާނާ

މީގެ ކުރީގައި ހަދާފައި ހުންނަ މަސްދޯނި ތަކެއް ބިންދައިގެނެނެއް ނުދޭ. މިޒަމާނުގައި މިހަދާ ދޯނިތައް ހެދުމުގައި ތަފާތަކީ ކޮބާ؟ މޮޅު އެއްޗެހިން ހަދާތީ ވާކަމެއްތަ

ފައިބަރު

ދުވަސްވީމަ ފައިބަރަށްވާނެގޮތާއި، އޮޑި ލޮޅައި އުޅާހަށްދެމުނީމަވާނެގޮތް ނުދަތަސް ކަންކުރަންއެނގުނީމަ އެކަމުގެ މާހިރުންނަށްވެ، އޮޑިފަހަރު ބަންނަނީ ހިތުހުރިގޮތްގޮތަށެވެ. މިއީ ކަމުގެ ޙަޤީޤަތެވެ. މިކަންކަމަށް ވިސްނައި ދަސްކޮށް އުނގެނޭމީހުން ނެތެކޭ ނުބުނަމެވެ. އެކަމަކު ގިނައީ މަސައްކަތްދަންނަ، ފައިބަރު ނުދަންނަމީހުނެވެ. އެހެންވީމަ މިފަދަކަންތައް ހިނގާނެ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345