ކަނޑުމަތީގެ ހާދިސާ

މަހަށް ގޮސް އުޅުނު މީހަކަށް ފިޓް ޖެހިގެން ފަރުވާ ދެނީ

Mar 2, 2021

ކަނޑުމަތީގައި ފިޓް ޖެހިގެން ފަރުވާ ދޭން ފަށައިފި އެވެ.

އެމްއެންޑީއެފްއިން ބުނީ ފިޓް ޖެހުނީ ޅ. އަތޮޅުގައި 14 މީހުނާއެކު މަސްވެރިކަން ކުރަމުން ދިޔަ "ހަޒާނާ" ދޯނީގައި ހުރި ފަޅުވެރިއެއް ކަމަށެވެ. އޭނާގެ އުމުރަކީ 30 އަހަރެވެ.

އޭނާއަށް އެހީތެރިކަން ފޯރުކޮށް ދިނީ އެމްއެންޑީއެފްގެ ނޯދަން ކޯސްޓު ގާޑެވެ. އެ މައްސަލަ ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 9:03 ކަންހާއިރު އެވެ.

ފިޓް ޖެހުނު މީހާއަށް އިތުރު ފަރުވާ ދިނުމަށް މިހާރު ވަނީ ނައިފަރަށް ގެންގޮސްފަ އެވެ.