ހަބަރު

މީހެއްގެ ލޮލުގައި ބުޅިއެއް އެޅި ޒަހަމްވެއްޖެ

Sep 21, 2020

މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއްގައި ހުރި މީހެއްގެ ލޮލުގައި ބުޅިއެއް އެޅިި ޒަހަމް ވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އދ. މަންދޫ ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "ކޮންކޯޑް" ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި އުމުރުން 65 އަަހަރުގެ ދިވެއްސެއްގެ ލޮލުގައި މިއަދު ބުޅިއެއް އެޅިފައިވާ ކަމަށެވެ. އަދި ފަރުވާއަށް އެ މީހާ މާލެ ގެނައުމުގައި ސިފައިން އެހީތެރިކަން ފޯރުކޮށް ދެމުން ގެންދާ ކަމަށެވެ.

ލޮލުގައި ބުޅި އެޅުނު ރިޕޯޓް ލިބިފައިވަނީ މިރޭ 7:00 ޖެހި އިރު އެވެ.