ކަނޑުމަތީގެ ހާދިސާ

ލޮލުގައި ބުޅި އެޅި މީހަކު ޒަހަމްވެއްޖެ

މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގައި ހުރި މީހެއްގެ ލޮލުގައި ބުޅިއެއް އެޅި ޒަހަމް ވެއްޖެ އެވެ.

ސިފައިންގެއިން ބުނީ، މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގައި ހުރި 35 އަހަރުގެ މީހެއްގެ ލޮލުގައި ބުޅިއެއް އެޅި ލޯ ޒަހަމް ވެފައިވާ ކަމަށާއި އެ ދޯންޏަކީ ކުޅުދުއްފުށީ ކައިރިން މަސްވެރިކަން ކުރަން އުޅުނު ދޯންޏެއް ކަމަށެވެ. އެއީ ކޮން ރަށެއްގެ ދޯންޏެއްކަން ނުބުނު ސިފައިން ބުނީ އެ ދޯނީގެ ނަމަކީ "ނިއުމަތް" ކަމަށެބެ.

ސިފައިންގެ ކޯސްޓުގާޑުގެ އެހީތެރިކަމާއި އެކީ މިހާރު އެ މީހާ ވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ފަށާފަ އެވެ.

މިދިއަ ހައެއްކަ މަސްތެރޭ ރާއްޖޭގައި ލޮލުހައި ބުޅި އެޅުން އާދަޔާހިލާފަށް ގިނަވެފައި ވެއެވެ.