ކަނޑުމަތީގެ ހާދިސާ

މީހެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެ

Aug 17, 2020

މަހަށް ގޮސް އުޅުނު މީހެއްގެ ލޮލަށް ބުޅިއެއް ހެރި އަނިޔާވެއްޖެ އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ މަހަށް ގޮސް ރ. އުނގޫފާރު ބޭރުގައި އުޅުނު ބ. ކުޑަރިކިލު ދޯންޏެއްގެ ފަޅުވެރިއެއްގެ ލޮލަށް ބުޅި އެއް ހެރިގެން ރިޕޯޓު ކުރުމުން މިއަދު ހެނދުނު ގޮސް އެހީވެ ދީފައިވާ ކަމަށެވެ. ލޮލަށް ބުޅިއެއް ހެރިގެން އަނިޔާވީ ދިވެއްސަކަށެވެ.

އައިނުގައި މަސްވެރިކަން ކުރުމުގެ ތެރޭގައި މަސްވެރިންނަށް އެކި ކަހަލަ އަނިޔާ ލިބެ އެވެ. މަސް އައިނުގެ ތެރޭގައި ލޮލުގައި ބުޅި އެޅިގެން ހިނގާ ހިތާމަވެރި ހާދިސާތައް ދޭތެރެ ދޭތެރެއިން އާދެ އެވެ.