ހަބަރު

މީހެއްގެ ލޮލުގައި ބުޅިއެއް އެޅި ޒަހަމްވެއްޖެ

މަސްވެރި ކަމަށް ނުކުމެ އުޅުނު ދޯންޏެއްގައި ހުރި މީހެއްގެ ލޮލުގައި ބުޅިއެއް އެޅިި ޒަހަމް ވެއްޖެ އެވެ. މިއީ މިދިޔަ ހަފުތާއެއްހާ ދުވަސްތެރޭގަގައި ހިނގި މިފަދަ ތިން ވަނަ ހާދިސާ އެވެ.

އެމްއެންޑީއެފުން ބުނީ މ. މުލަކުގެ ބޭރުގައި މަަސްވެރި ކަމުގައި އުޅުނު ދޯންޏެއް ކަމަށްވާ "ހާސިލް 2" ގައި ހުރި އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެއްގެ ލޮލުގައި ބުޅިއެއް އެޅި ޒަހަމްވެފައިވާ ކަމަށެވެ. އެ މީހާއަށް ސިއްހީ ފަރުވާ ދިނުމަށް ސިފައިންގެ އެހީތެރިކަމާއެކު އެ އަތޮޅު މުލީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

މިމަހުގެ 24 ވަނަ ދުވަހާއި 26 ވަނަ ދުވަހު ވެސް ވަނީ މިފަދަ ދެ ހާދިސާއެއް ހިނގާފަ އެވެ. އެގޮތުން މ. ކޮޅުފުށި ބޭރުގައި މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގައި ހުރި މީހެއްގެ ލޮލުގައި ބުޅި އެޅިފައިވާއިރު މާލެ އަތޮޅު އެނބޫދޫ ފިނޮޅު ކައިރީ މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގައި ހުރި މީހެއްގެ ލޮލުގައި ބުޅިއެއް އެޅިފައި ވެއެވެ.