ގުޅި

މަހަށް ނުކުމެ އުޅުނު ޒުވާނަކު މަރުވެއްޖެ

ބޮޑު ކަންނެލީގެ މަސްވެރިކަމުގައި އުޅުނު ދިވެހި ޒުވާނަކު މަރުވެއްޖެ އެވެ.

މަހަށް ނުކުމެ އުޅެނިކޮށް ރޭ ފަތިހު މަރުވީ ކ. ގުޅީ، މުހައްމަދު އަކްރަމް (33އ) އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ކ. ގުޅީ ކައުންސިލުގެ ނައިބު ރައީސް އިބްރާހިމް ފާއިޒް ވިދާޅުވީ ކަންނެލީގެ މަސްވެރިކަމުގައި އުޅެނިކޮށް އަކްރަމް މަރުވީ މެޔަށް ތަދެއް އަރައިގެން ކަމަށެވެ.

ކޯސްޓްގާޑުގެ އެހީގައި އަކްރަމް ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ފާއިޒް ވިދާޅުވި އެވެ.

އަކްރަމް މަރުވި އިރު އޭނާ މަސައްކަތް ކުރާ "ސަވޭރާ" ދޯނި އޮތީ ބ. އޭދަފުށީ ކައިރީގަ އެވެ.