މަރު

މަހަށް ދިޔަ މީހަކު މަރުވެއްޖެ

Aug 22, 2020

މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއްގައި ހުރި ދިވެއްސެއްގެ ހާލު ދެރަވުމަށް ފަހު މަރުވެއްޖެ އެވެ.

މަރުވެފައިވަނީ "ރާސްތާ" ނަމަކަށް ކިޔާ މަސްދޯނީގެ ފަޅުވެރިއެކެވެ. ކ. ގުރައިދޫއާ ތިން ނޯޓިކަލް މޭލު ދެކުނުން މަސްވެރިކަމުގައި އުޅެނިކޮށް އެމީހާގެ ހާލަތު ގޯސްވެފައި ވަނީ ކާން އިންދާ ކަމަށް އެނގިފައި ވެއެވެ.

އުމުރުން 50 އަހަރުގެ އެ މީހާ ގުރައިދޫއަށް އިތުރު ފަރުވާއަށް ގެންދިޔައިރު ވެސް ވަނީ މަރުވެފަ އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައިވާތީ ފުލުހުން މިހާރު ގެންދަނީ އެ ހާދިސާއާއި ގުޅިގެން އެ މީހާ ކޮވިޑަށް ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.