އެމްޑަބްލިއުއެސްސީ

އެމްޑަބްލިޔުއެސްސީ ޝޯރޫމްގެ އަހަރީ ޕްރޮމޯޝަނެއް

Oct 11, 2022

އެމްޑަބްލިއުއެސްސީގެ ޝޯރޫމަށް ހަ އަހަރު ފުރުމާ ގުޅިގެން "އަހަރީީ ޕްރޮމޯ"ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދަން ނިންމާފައިވަނީ މިއަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ގަންނަ ކޮންމެ ދެ ފެން މީޓަރަކަށް އަދި އޭވީކޭ ބްރޭންޑްގެ ވޭލްވް އަކަށް 10 ޕަސަންޓް ޑިސްކައުންޓް ލިބެ އެވެ.

މީގެ އިތުރުން މިމުއްދަތުގައި ފަސް ހޮޅިއަށް ވުރެ ގިނައިން ގަންނަ ނަމަ 10 ޕަސަންޓް ޑިސްކައުންޓް އަދި ފެނުގެ ކޮލިޓީ ޓެސްޓް ކުރުމަށް ހަދާ ޓެސްޓް ތަކުން ކަސްޓަމަރުންނަށް 10 ޕަސަންޓް ޑިސްކައުންޓް ވެސް ލިބެ އެވެ.

ފެނުގެ ކޮލިޓީ ޓެސްޓް ކުރާ ކަސްޓަމަރުންގެ ތެރެއިން ޕްރޮމޯޝަންގެ މުއްދަތުގައި އަހަރީ ކޮންޓްރެކްޓަކަށް އެއްބަސްވާ ކަސްޓަމަރުންނަށް ޖުމްލަ 20 ޕަސަންޓްގެ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވެ އެވެ. އަދި މިމުއްދަތުގައި ގަންނަ މެމްބްރޭންއިންވެސް އަށް ޕަސަންޓްގެ ޑިސްކައުންޓް ލިބެ އެވެ.

ޕްރޮމޯޝަންގެ މުއްދަތުގައި ގަންނަ ބާވަތްތަކުން ކަސްޓަމަރުންނަށް ހާއްސަ ވައުޗަރެއް ވެސް ލިބެ އެވެ. ވައުޗަރު ބޭނުންކޮށްގެން ގަންނަ ބާވަތްތަކުން ޑިސްކައުންޓް ހޯދުމުގެ ފުރުސަތު ލިބެ އެވެ.

އެމްޑަބްލިއުއެސްސީގެ ޝޯރޫމް މެދުވެރިކޮށް ރިސޯޓު އަދި އެހެނިހެން ކަސްޓަމަރުންނަށް ފެނުގެ ކޮލިޓީ ޓެސްޓް ކުރުމުގެ ހިދުމަތްދެ އެވެ. ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ސާމާނާއި، އާރްއޯ ސްޕެއާޒް، ޕީވީސީ އަދި ޕީއީ ޕައިޕް އާއި ފިޓިންގްސް އަދި ފެނާއި ނަރުދަމާއާއި ގުޅުން ހުރި ގިނަ ބާވަތްތައްވެސް ދަފޯރުކޮށްދެ އެވެ.