ފުލުހުން ހައްޔަރު ކުރާ މީހުންނާމެދު ކަންކަން ކުރަނީ އެކަމަށް އެކުލަވާލާފައިވާ އޯޑަރުތަކާ އެއްގޮތަށްތޯ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑް އިން ބަލައިފި އެވެ.
ފުލުހުންގެ އިދާރާއިން ބުނީ މާލޭ ކަސްޓޯޑިއަލްއަށް ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން އިއްޔެ ޒިޔާރާތްކޮށް މަސައްކަތް ކުރަނީ ގަވާއިދުތަކާއި އުޞޫލުތަކާއި ހަމަތަކުގެ މަތިންތޯ ބަލާފައިވާ ކަމަށެވެ. އެ ރިޔާޒާތުގައި އެތާނގެ މަސައްކަތްތައް ކުރިޔަށް ގެންދާ ގޮތާއި ފުލުހުންގެ މަސައްކަތްތަކާއި ފުލުހުންގެ ބެލުމުގެ ދަށުގައިތިބޭ މީހުންގެ ކަންކަން ބެލެހެއްޓުމުގައި ޢަމަލުކުރާ ގޮތް ބަލައި މައުލޫމާތު ހޯދި ކަމަށެވެ.
މީގެ އިތުރުން ކަސްޓޯޑިއަލްގައި މަސައްކަތްކުރުމުގައި ހުރި ދަތިތަކާއި އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން އެތަނުގެ މުއައްޒަފުންނާއިއެކު މަޝްވަރާ ކުރި ކަމަށް ވެސް ބުންޏެވެ.