ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް މާލެ ވަޑައިގެންފި

Oct 15, 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެންފި އެވެ.

ރައީސް ސޯލިހް ސިންގަޕޫރަށް ފުރާވަޑައިގަތީ މިމަހުގެ 12 ވަނަ ދުވަހު އެވެ.

މިއީ ނުރަސްމީ ދަތުރުފުޅަކަށް ވާތީ ރައީސް އޮފީހުން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.

ރައީސް ސިންގަޕޫރަށް ފުރާވަޑައިގަތީ ބަހްރައިން ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވިތާ ހަތަރު ދުވަސް ފަހުންނެވެ.

ރައީސް ސޯލިހާއި ސަރުކާރުގެ އިސްވެރިން ކުރައްވާ ދަތުރުފުޅުތައް ގިނަ ކަމުން އަބަދުވެސް އެކަމުގެ ޝަކުވާ އާއި ކަންބޮޑުވުން އިދިކޮޅު ފަރާތްތަކުން ފާޅުކުރެ އެވެ.