ފިނިޕޭޖް

"ނޭކަޑް ގަން"ގެ އާ ފިލްމަށް ލިއާމް ނީސަން

1980ގެ އަހަރުތަކުގައި "ނޭކަޑް ގަން" އަދި "ޕޮލިސް ސްކޮޑް"ގެ ނަމުގައި ސްލެޕްސްޓިކް ކްރައިމް-ޕެރޮޑީ ކޮމެޑީ ފިލްމް ފްރެންޗައިޒްއެއް ވަރަށް ހިނގި އެވެ.

މި ފްރެންޗައިޒްގައި ޓީވީ ސީރީޒަކާއި ތިން ފިލްމްގެ އިތުރުން ވީޑިއޯ ގޭމެއް ހިމެނުނެވެ.

މި ފިލްމްގެ މެއިން ރޯލް ކަމުގައިވާ ޑިޓެކްޓިވް ފްރޭންކް ޑެބިންގެ ރޯލް އަދާކޮށްފައިވަނީ ލެސްލީ ނީލްސަން އެވެ. އޭނާ ވަނީ "އެއާޕްލޭން!"، "ޑްރެކިއުލާ: ޑެޑް އެންޑް ލަވިން އިޓް"، "ސްޕައި ހާޑް" އަދި "ރޯންގްފުލީ އެކިއުސްޑް" ފަދަ ސްލެޕްސްޓިކް ކޮމެޑީ ފިލްމް ކުޅެފަ އެވެ.

މި ފްރެންޗައިޒްގެ ހަތަރުވަނަ ފިލްމު ހެދުމުގެ މަސައްކަތް ޕެރެމައުންޓް ޕިކްޗާސް އާއި ފަޒީ ޑޯ ޕްރޮޑަކްޝަންސް އިން ކުރިއަށް އެބަގެންދެ އެވެ.

ލެސްލީ ނީލްސަން ވަނީ 2010 ގައި މަރުވެފަ އެވެ. އެހެންކަމުން އޮރިޖިނަލް އެކްޓަރު އާ ފިލްމުގައި ހިމެނޭނެ ގޮތެއް މިހާރަކު ނެތެވެ. އެހެންވެ އަކީވާ ޝެފާ ޑައިރެކްޓްކުރާ މި ފިލްމުގައި ލެސްލީ ނީލްސަންގެ ކެރެކްޓާގެ ދަރިފުޅު، ފްރެންކް ޑެބިން ޖޫނިއާގެ ރޯލް އަދާކުރާނީ ލިއަމް ނީސަން އެވެ.

ލިއާމް ނީސަން އަކީ އާންމުކޮށް ސީރިއަސް، އެކްޝަން ފިލްމް ކުޅޭ ތަރިއެކެވެ.

ލިއާމްގެ ފާހަގަކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި "ބެޓްމޭން ބިގިންސް"، "ދަ ޑާކް ނައިޓް ރައިޒަސް"، "ޓޭކަން"ގެ ދެ ފިލްމު ކަމަށް "ކޯލްޑް ޕާސުޓް"، "ސްޓާ ވޯޒް އެޕިސޯޑް 1 – ދަ ފެންޓަމް މިނޭސް" އަދި "ޝިންޑްލާސް ލިސްޓް" ހިމެނެ އެވެ.