ދިރާގު

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 16 ޖީބީ ލިބޭ އާ އޮފާއެއް ތައާރަފުކޮށްފި

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑޭޓާ ލިބޭ އާ އެޑް-އޮންއެއް ތައާރަފްކޮށްފި އެވެ.

މި އޮފާގެ ދަށުން ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 275 ރުފިޔާއަށް 16 ޖީބީ ލިބޭނެ އެވެ.

ތިރީސް ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ މި އެޑްއޮން ދިރާގު އެޕް މެދުވެރިކޮށް ނުވަތަ "16ޖީބީ" ޖަހާފައި 343 އަށް އެސްއެމްއެސް ކޮށްގެންވެސް ނެގޭނެ އެވެ.

މި އެޑްއޮން ނެގޭނީ ދިރާގުގެ ޕްރީޕެއިޑް ޕްލޭނެއް ގެންގުޅޭ ކަސްޓަމަރުންނަށެވެ.

މީގެ އިތުރުން ދިރާގުގެ ސްޓޭންޑަޑް ޕްރީޕެއިޑް ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ތަފާތު ގިނަ ޕްލޭންތަކެއްވެސް ފަރުމާކޮށްފައިވެ އެވެ.

މީގެ ތެރޭގައި ހިމެނެނީ:

  • ދިރާގު ކޮމްބޯ ޕްލޭންސް: މިއީ ކަސްޓަމަރުން ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް، އަދި އެސްއެމްއެސް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ.
  • ސަޅި ޕްރީޕެއިޑް ޕްލޭންސް: ކޮންމެ ދުވަހަކު ރިފްރެޝް ކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިހްތިޔާރު ކުރެވޭގޮތަށް ފަރުމާކޮށްފައިވާ މި ޕްލޭންއާއިއެކު ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެއެވެ.
  • މަމެން: ޒުވާޏުންނަށް ހާއްސަކޮށްގެ ފަރުމާކޮށްފައިވާ މި ޕްލޭނަކީ ޑޭޓާ، ވޮއިސް، އަދި އެސްއެމްއެސް އެލަވަންސް ބޭނުން ގޮތަކަށް
  • ފަރުމާކުރެވޭ ޕްލޭނެކެވެ. މީގެ އިތުރުން މަމެން ކަސްޓަމަރުންނަށް ކްރެޑިޓް އެހެން މަމެން ޔޫޒަރުންނަށް ޓްރާންސްފާ ވެސް
  • ކޮށްލެވޭނެ އެވެ.

ދިރާގުން އަންނަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދީ އިތުރު މަންފާ ލިބޭނޭ ގޮތް
މަގުފަހިކޮށްދިނުމަށް މަސައްކަތް ކުރަމުން ކަމަށް އެކުންފުނިން ބުނެ އެވެ.