ފިނިޕޭޖް

"އެންޑްސް"އަށް ފަހު ފްރެންޗައިޒް ނިންމާލަނީ

1978 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް "ހެލޮވީން" ފްރެންޗައިޒްގެ 13 ފިލްމް ވަނީ ނެރެފަ އެވެ. މިއީ ހޮރޯ-ސްލޭޝާ ފިލްމްތަކަށް ޝައުގުވެރިވާ މީހުންނަށް ވަރަށް މަގުބޫލް ފްރެންޗައިޒެކެވެ.

މި ފްރެންޗައިޒް މިސާލަކަށް ބަލައި، އެތަކެއް ފިލްމު ވޭތުވެ ދިޔަ 40 އަކަށް އަހަރު ތެރޭގައި ހަދާފައިވެ އެވެ.

މި ފްރެންޗައިޒްގެ ފުރަތަމަ ފިލްމު "ހެލޮވީން" އަކީ ޖޯން ކާޕެންޓާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފްރެންޗައިޒްގެ ފުރަތަމަ ފިލްމާއި އިތުރު ބައެއް ފިލްމްތަކުގައި މައި ރޯލް އަދާކޮށްފައިވަނީ ޖޭމީ ލީ ކާޓިސްއެވެ.

"ހެލޮވީން"ގެ ފުރަތަމަ ފިލްމްގައި ހެޑަންފީލްޑް ކިޔާ ރަށެއްގައި ހަ އަހަރުގެ މައިކަލް މަޔާސް އޭނާގެ ދައްތަ ގަޔަށް ވަޅިހަރާ މަރާލަ އެވެ. ފަނަރަ އަހަރު ވަންދެން ސްމިތް ގްރޯވްގެ ސެނިޓޭރިއަމްގައި އޭނާ ބަންދުކޮށްފައި ވެސް ހުރެ އެވެ.

ސައިކިއެޓްރިސްޓް ޑރ. ލޫމިސް މައިކަލް ކޯޓަށް ގެންދަނިކޮށް މައިކަލް ފިލައި، އޭނާގެ ރަށަށް ދެއެވެ. އެތަނުން ލޯރީ ސްޓްރޯޑް ފެނި، ލޯރީ އާއި އޭނާގެ ރައްޓެހިންނަށް ފާރަލާ، ފަހަރަކު މީހަކު މަރަން ފަށަ އެވެ.

މި ފްރެންޗައިޒްގެ އެންމެ ފަހުން ނިކުތް ފިލްމަކީ "ހެލޮވީން އެންޑްސް" އެވެ. މި ފިލްމްގައިވެސް ލޯރީ ސްޓްރޯޑްގެ ގޮތުގައި ޖޭމީ ލީ ކާޓިސް ފެނިގެންދާނެ އެވެ.

މި ފްރެންޗައިޒްގެ 13 ފިލްމްތަކުގެ ޕްލޮޓް އާއި މައި ކެރެކްޓާ ބައެއް ފަހަރު ބަދަލުވީ ނަމަވެސް މައިގަނޑު ގޮތެއްގައި ވިލަން އަކަށް އުޅެނީ މައިކަލް މަޔާސް އެވެ. "ހެލޮވީން އެންޑްސް" ގައި މައިކަލް އާއި ލޯރީގެ ވާހަކަ ނިމި، މި ފްރެންޗައިޒްގެ އެންމެ ފަހު ފިލްމަށް ވެގެންދާނެ އެވެ.

"ހެލޮވީން އެންޑްސް" ތިއޭޓަރުތަކާއި އަދި ޕީކޮކް ސްޓްރީމިން ސާވިސްގައި ރިލީޒްކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ.