ދިރާގު

ރާއްޖޭގައި އޮންނަ ބައިނަލްއަގުވާމީ ބެޑްމިންޓަން މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

Oct 17, 2022

ބެޑްމިންޓަންގެ މިއަހަރުގެ ބީޑަބްލިއުއެފް ކޮންޓިނެންޓަލް ސާކިޓްގައި ހިމެނޭ ލި-ނިންގް މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް 2022ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި އެވެ.

މިމުބާރާތަކީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އަދި ބެޑްމިންޓަން އޭޝިއާ ގުޅިގެން އިންތިޒާމުކޮށްގެން ބާއްވާ އިވެންޓެކެވެ.

ބީޑަބްލިއުއެފް ކޮންޓިނެންޓަލް ސާކިޓް އެކުލެވިގެންވަނީ ތިން ލެވެލްއަކަށް ބަހާލާފައިވާ 70 ޓޯނަމެންޓެއްގެ މައްޗަށެވެ.

މި ލެވެލްތަކަކީ އިންޓަނޭޝަނަލް ޗެލެންޖް (ލެވެލް 1)، އިންޓަނޭޝަނަލް ސީރީޒް (ލެވެލް 2) އަދި ފިއުޗާ ސީރީޒް (ލެވެލް 3) އެވެ.

ކޮންމެ މުބާރާތަކުންވެސް މޮޅުވާ ކުޅުންތެރިންނަށް ބީޑަބްލިއުއީއެފްގެ ޕޮއިންޓް ސިސްޓަމްގެ ދަށުން ތަފާތު ރޭންކިން ޕޮއިންޓް ލިބޭނެ އެވެ.

މި މުބާރާތުގެ ރާއްޖޭގައި ބޭއްވޭ އިންޓަނޭޝަނަލް ޗެލެންޖް ކުރިއަށް ދާނީ މާދަމާ އިން ފެށިގެން މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް މާލެ ކުޅިވަރު އެކުވެނީގަ އެވެ. ރާއްޖެ ހިމެނޭ ގޮތަށް ދުނިޔޭގެ 25 ގައުމެއްގެ ކުޅުންތެރިން މި މުބާރާތުގައި ބައިވެރިވާނެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދާނީ ދިވެހިރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށާއި ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނަށް އާ ފުރުސަތުތައް ފަހިކޮށްދޭ މިފަދަ އިވެންޓްތަކަށް އެހީތެރިވެ އެއްބާރުލުން ދިނުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.