ފިނިޕޭޖް

"އަ ހޯންޓިން އިން ވެނިސް" 2023 ގައި ސިނަމާތަކަށް

އަގަތާ ކްރިސްޓީގެ ހަކިއުލް ޕޮއިރޯ ކެރެކްޓާއަށް ލިޔެފައިވާ ވާހަކަތައް ހިމަނައިގެން ވޭތުވެދިޔަ އަހަރުތަކުގައި އެކި މީހުން ފިލްމް އަދި ސީރީޒްގެ ހަދާފައިވެ އެވެ.

ޑައިރެކްޓަރު އަދި އެކްޓަރު ކެނެތު ބްރެނަގް ވަނީ ޕޮއިރޯގެ ވާހަކަ ސީރީޒަށް މިހާތަނަށް ދެ ފިލްމް ހަދާފަ އެވެ. އަދި ތިންވަނަ ފިލްމެއްގެ މަސައްކަތް ވެސް މިހާރު ކުރަމުން އެބަދެ އެެވެ.

ޓްވެންޓީތު ސެންޗުރީ ސްޓޫޑިއޯއާ ގުޅިގެން 2017 ގައި "މާޑާ އޮން އޮރިއަންޓް އެކްސްޕްރެސް" އަދި 2022 ގައި "ޑެތް އޮން ނައިލް" ކިޔާ ފިލްމެއް ކެނެތު ވަނީ ނެރެފަ އެވެ. މި ފިލްމްތަކުގައި ހަރކިއުލް ޕޮއިރޯގެ ރޯލް އަދާކުރަނީ ކެނެތު އެވެ.

"އަ ހޯންޓިން އިން ވެނިސް" ބިނާކޮށްފައިވަނީ އަގަތާ ކްރިސްޓީ 1969 ގައި ޕަބްލިޝްކުރި "ހެލޮވީން ޕާޓީ" އަށެވެ.

މި ފިލްމްގެ ސްކްރީންޕްލޭ ލިޔެފައިވަނީ މައިކަލް ގްރީން އެވެ. މި ފިލްމްގައި ކެނެތުގެ އިތުރުން މިޝޭލް ޔޯ، ޖޭމީ ޑޯނަން، ޓީނާ ފޭ، ޖޫޑް ހިލް އަދި އަލީ ހާން ހިމެނެ އެވެ.

މި ފިލްމު ސީރީޒްގެ ތިންވަނަ ފިލްމް "އަ ހޯންޓިން އިން ވެނިސް" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ރިލީޒްކުރުމަށް ޕްރޮޑަކްޝަންގެ މަސައްކަތް ކުރިއަށް އެބަދެ އެވެ.