ދުނިޔެ

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަކަށް ނުބަލަން: އޮސްޓްރޭލިއާ

ފަލަސްތީންގެ ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އޮސްޓްރޭލިއާގައި ކުރިން ވެރިކަންކުރި ސަރުކާރުން -- ސްކޮޓް މޮރިޝަންގެ ބޮޑުވަޒީރު ކަމުގައި ބަލައިގެންފައި އޮތް ނަމަވެސް އެއީ އެކަން އޮންނަން ވާނެ ގޮތް ނޫން ކަމަށް އޮސްޓްރޭލިއާ އިން ބުނެފި އެވެ.

އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރު ޕެނީ ވޮންގް ވިދާޅުވި ގޮތުގައި ބޮޑުވަޒީރު އެންތަނީ އަލްބަނީޒްގެ ސަރުކާރުން އެ ނިންމުން އަނބުރާ ނަންގަވައިފި ކަމަށެވެ. އޭނާ އަދި ވިދާޅުވީ ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ގަބޫލުކުރުމަކީ ސުލްހައަށް އޮތް ހުރަހެއް ކަމަށެވެ.

އޮސްޓްރޭލިއާގެ ބުނުމަކީ ފަލަސްތީނަށް ވަކި ދައުލަތެއް އޮތުން ކަމަށްވެސް ޕެނީ ވޮންގް ވިދާޅުވި އެވެ. އިޒްރޭލު، ފަލަސްތީން މައްސަލަަތަކަށް އޮތް ހަމައެކަނި ހައްލަކީ ދެ ދައުލަތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ސްކޮޓް މޮރިޝަންގެ ބޮޑުވަޒީރު ކަމުގައި އޮސްޓްރޭލިއާ ވަރަށް ބޮޑަށް ނިކަމެތިވެފައިވާ ކަމަށްވެސް ވޮންގް ވިދާޅުވި އެވެ. ބައިނަލްއަގްވާމީ ގޮތުން ސަފު އެއްވަރު ކުރުމަށް އޮތް ގޮތަކީ ސަފުގައި ސީދަލަށް ދެމިއޮތުން ކަމަށްވެސް ވިދާޅުވި އެވެ.

ޗައިނާ ކަހަލަ ބާރުގަދަ އަދި އިގުތިސާދީ ގޮތުން ލޮޅުން ކުޑަ ގައުމުތަކާ އަރާރުން އުފެދުނީ ވެސް މޮރިޝަންގެ ސިޔާސަތުގެ ސަބަބުން ކަމަށްވެސް ވަޒީރު ގަބޫލުކުރައްވަ އެވެ.

ފަލަސްތީން އާއި އިޒްރޭލާ ދެމެދު އިން ވަކިވާން ޖެހޭ ކަމަށްވެސް ވޮންގް ވިދާޅުވި އެވެ. އެންމެ ބޮޑުވަރަކަށް އޮސްޓްރޭލިއާ ގަބޫލުކުރާނީ ޒައްރެއް ވެސް އުނިނުވާ ވަރަށް ގުދުސް ދެބައިކުރަން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ފަލަސްތީނަށް އެއްވެސް ހައްގެއް އުނިވެގެން ނުވާނެ ކަމަށާއި އެނޫން ގޮތަކަށް ހެދޭ އެއްބަސްވުމެއް އޮސްޓްރޭލިއާ ގަބޫލު ނުކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

މޮރިޝަންގެ ސަރުކާރުން ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ގަބޫލު ކުރި ނަމަވެސް އިޒްރޭލުގެ ޓެލްއަވީވްގައި ހުންނަ އޮސްޓްރޭލިއާ އެމްބަސީ ގުދުސްއަށް ބަދަލުކޮށްފައެއް ނުވެ އެވެ. އޭނާ އެއިރު ވިދާޅުވީ އެއީ ތަންކޮޅެއް ފަހުގެ ކަމެއް ކަމަށެވެ.

އިނގިރޭސި ބޮޑުވަޒީރު ލިޒް ޓްރަސް ވެސް ވަނީ މިދާކަށް ދުވަހު އިނގިރޭސި އެމްބަސީ ޓެލްއަވީވުން ގުދުސްއަށް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެ ވިދާޅުވުމާ ގުޅިގެން އެކަމަނާއަށް އަދިވެސް ހޫނުފެނުން އަރައިވަޑައިގަނެވޭ ވަރެއް ނުވެ އެވެ.