މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

އެސްއެމްއީ ހަބްގެ ގޮޅިތަކަށް ކުރިމަތިލުމަށް އިތުރު ވަގުތު ދީފި

އެސްއެމްއީ ހަބްގައި ކާބޯތަކެތީގެ ވިޔަފާރި ކުރުމަށްޓަކައި ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކިއޮސްކުތަކަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުކޮށްފި އެވެ.

އެސްއެމްއީ ހަބުގެ ފުރަތަމަ ފަންގިފިލާގެ ކިއޮސްކުތައް ކުއްޔަށް ހިފުމަށް ފުރުސަތު ހުޅުވާލައި ފޯމު ހުށަހެޅުމަށް އެންމެ ފުރަތަމަ ފުރުސަތު ދިނީ މިމަހުގެ 20 ވަނަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށެވެ.

ބިޒްނަސް ސެންޓާ ކޯޕަރޭޝަނުން މިހާރު ވަނީ މިމަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށް ފުރުސަތު އިތުރުކޮށްފަ އެވެ.

ބީސީސީ އިން ބުނެފައިވާ ގޮތުގައި އެލައިޑް ބިލްޑިންގްގެ ފުރަތަމަ ތިން ފަންގި ފިލާގައި ތަރައްގީކުރި ކިއޮސް ތަކަކީ އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވާ ދެމެހެއްޓެނިވި ގޮތެއްގައި އެފަދަ ވިޔަފާރިތައް ކުރުމަށް މަގުފަހިކުރުމުގެ މަގްސަދުގައި ތަރައްގީކޮށްފައިވާ ކިއޮސް ތަކެކެވެ.

އެސްއެމްއީ ހަބުން ދޭ ފުރުސަތު ތަކުގެ ތެރޭގައި ކާބޯތަކެތި ހެދުމާއި، ޕާފޯމިން އާޓްއާއި، އާޓް އެންޑް ކްރާފްޓްގެ ދާއިރާއިން ކުރިއެރުމަށް މަގުފަހިވެގެންދާނެ ފުރުސަތުތައް ހިމެނޭ ކަމުގައި ބީސީސީ އިން ބުނެފައިވެ އެވެ.