ފިނިޕޭޖް

އޮސްޓްރިއާގެ އޮސްކާ އެންޓްރީއަކީ "ކޮސާޖް"

"ކޮސާޖް" އަށް ކޭން ފިލްމު ފެސްޓިވަލާއި ލަންޑަން ފިލްމް ފެސްޓިވަލް އިން ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.

އޮސްޓްރިއާ އިން އެ ގައުމުގެ އޮސްކާ އެވޯޑްސްގެ "ބެސްޓް އިންޓަނޭޝަނަލް ފީޗާ ކެޓަގަރީ"ގެ އެންޓްރީއަށްވެސް މި ފިލްމް ހުށަހަޅާފައިވެ އެވެ.

ކޭން ފިލްމު ފެސްޓިވަލްގައި މާރީ ކްރޮއިޓްޒާ ޑައިރެކްޓްކޮށްފައިވާ "ކޮސާޖް"ގެ ލީޑް އެކްޓްރަސް ވިކީ ކްރީޕްސްއަށް "އަން ސާޓަން ރިގާޑް ސައިޑްބާ" ކެޓަގަރީން ބެސްޓް އެކްޓްރެސް އެވޯޑް ލިބިފައިވެ އެވެ.

މީގެ އިތުރުން ލަންޑަން ފިލްމު ފެސްޓިވަލްގައި "ބެސްޓް ފިލްމް އެވޯޑް" ލިބިފައިވެ އެވެ.

"ކޮސާޖް" އަކީ 19 ވަނަ ގަރުނުގައި އޮސްޓްރިއާގެ އެމްޕެރާ ފްރާންޒް ޖޯސެފް 1ގެ އަނބިކަބަލުން އެމްޕްރެސް އެލިޒަބަތުގެ ހަޔާތުގެ އެއް އަހަރަށް ބިނާކޮށްފައިވާ ހިޔާލީ ފިލްމެކެވެ. އެމްޕްރެސް އެލިޒަބަތަށް 40 އަހަރު ފުރުމުން، އޭނާގެ ރީތިކަން ދެމެހެއްޓުމަށާއި މިނިވަންކަމާއެކު ދިރިއުޅުމަށް މަސައްކަތްކުރެ އެވެ.

ކާން ފިލްމު ފެސްޓިވަލާއި ލަންޑަން ފިލްމު ފެސްޓިވަލްގެ ޖޫރީ ޕެނަލްއިން ވަނީ ވިކީ ކްރީޕްސް، އެލިޒަބަތުގެ ރޯލް އަދާކޮށްފައިވާލެއް ފުރިހަމަކަމުން، އެކަމަށް ތައުރީފްކޮށްފަ އެވެ. އެއް ޖުރީ ބުނީ އޭނާ ވިކީގެ އެކްޓިންއާ މެދު އާޝޯހުވި ކަމަށެވެ.